އެލްޖީއޭގެ ސީއީއޯ އަފްޝަންއަށް ޖިންސީ ފުރައްސާރަކުރި މީހަކު ހައްޔަރުކޮށްފި

އެލްޖީއޭގެ ސީއީއޯ އަފްޝަންއަށް ޖިންސީ ފުރައްސާރަކުރި މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
22 ނޮވެމްބަރ 2020 12:53
0

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަޠީފަށް ޖިންސީ ފުރައްސާރަކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އަފްޝަން ވިދާޅުވީ، ޖިންސީ ފުރައްސާރަކޮށް ގައިގައި އަތްލާ ހަދާފައިވަނީ ކަސްރަތަށް ނިކުންނަވައިގެން އުޅުއްވަނިކޮށް، ބަންގްލަދޭޝްގެ މީހެއްކަމަށާއި، ސިނަމާލެ ބްރިޖްމަތީ މަޑުކޮށްލައްވައިގެން ހުންނަވަނިކޮށް ގަޔަށް އަތްލުމަށްފަހު އޭނާ ދުއްވައިގަނެގެން ދިޔައީކަމަށެވެ. އަފްޝަން ވިދާޅުވީއ ޭނާގެ އިތުރުން އެސަރަހައްދުގައ ކަސްރަތުގައި އުޅުނު އެހެން މީހުންނަށްވެސް އެމީހާ ފުރައްސާރަކުރިކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީއެސަރަހައްދުގައި ތިބި ބައެއް މީހުންނާއި، ބްރިޖް ބަލަހައްތާން ތިއްބެވި ފުލުހުންގެ އެހީތެރިކަމާއެކުކަމަށެވެ.

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން އަށް ފުރައްސާރަކުރުމުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 38 އަހަރުގެ ބަންގްލަދޭޝްހެ މީހެއްކަމަށް ފުލުހުން ބުނެއެވެ. މިކަން ހިނގާފައިވަނީ ރޭ 11:00 ހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.