ކަންގަނާގެ ސާބަހާއި ތައުރީފް ތާބޫއަށް

ކަންގަނާގެ ސާބަހާއި ތައުރީފް ތާބޫއަށް

Author
ފާތިމަތު ނާވީ
27 ނޮވެމްބަރ 2022 06:59
0

ބޮލީވުޑް މިވަގުތު އޮތް ނާޒުކު ހާލަތުން ސަލާމަތް ކުރަނީ ތާބޫ ކަމަށާއި އޭނާ އެކުރާ ހިތްވަރާއި ލިބެމުންދާ ކާމިޔަބީއަށް ސާބަސް ދޭކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.

އަޖޭ ދޭވްގަން އާއި ތާބޫ މުހިއްމު ރޯލުން ފެންނަ ފިލްމު 'ދްރިޝްޔަމް 2′ އަށް ބޮކްސް އޮފީހުގައި ލިބެމުންދާ ކާމިޔާބީ ފާހަގަކޮށް ކަންގަނާ ބުނެފައިވަނީ މީ މިއަހަރު ތާބޫގެ ދެވަނަ ފިލްްމަކަށް ލިބުނު މިހާބު ބޮޑު ކާމިޔާބީ ކަަމަށެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ 2″ އަކީ ވެސް ތަބޫގެ ފިލްމް އެކެވެ. އެފިލްމް އަކީ ވެސް "ދަރިޝްޔަމް 2″ ފަދައިން އުންމީދު ނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ލިބުނު ފިލްމްއެކެވެ.

ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ފްލޮޕް ވަމުން އަންނަ މި ދަޑިވަޅުގައި، ބޮލީވުޑަށް ކުރިމަތިވެފައިވާ ނާކާމިޔާބީގެ އަޑިގަނޑުން އަރައިގަތުމަށް ތާބޫގެ މަސައްކަތް އެކަނި ފުދޭ ކަމަށް ކަންގަނާވަނީ ބުނެފައިއެވެ. ކަންގަނާގެ މިއަހަރު ރިލީޒް ކުރީ އެންމެ ފިލްމް އެކެވެ. އެއީ "ދާކަޑް" އެވެ. އެ ފިލްމް ވެގެން ގޮސްފައިވަނީ ބޮޑު ފްލޮޕް އަކަށެވެ.

 

View this post on Instagram

 

A post shared by Tabu (@tabutiful)

ކަންގަނާއަކީ އާންމު ގޮތެއްގައި ބޮލީވުޑްގެ ހުރިހާ މައްސަލަ ތަކެއްގެ ތެރެއަށް އަމިއްލައަށް ބޭނިގަންނަ ތަރިއެކެވެ. އަދި ނުބެހޭ ކަމެއް ނޯވެއެވެ. މި ސަބަބާއި ހެދި ބޮލީވުޑްގައި އޭނާގެ އެކުވެރިންނެއް ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.