ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށަހަޅާފައިވާ، 2023 އަށް ލަފާކުރާ ބެޖެޓަކީ ހަމަހަމަ ބަޖެއްޓެއް ނުންކަމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުالله ރިޔާޒު ވިދާޅުވެއްޖެއެވެ.
މިއަދު ބެޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދުވީ މިއީ އޭނާ މަޖިލުގައި މަސައްކަތް ކުރައްވާތާ ދެވަނަ ދައުރު ކަމަށާއި، ފާއިތުވެދިޔަ ހުރިހާ ދައުރެއްގައިވެސް ފެނިގެން ގޮސްފައިވަނީ ސިޔާސީ ބަޖެޓްތަކެއް ކަމަށެވެ. އޭނާ ވިދާޅުވޫ ކުރިޔަށް އޮތީ އިލެކްޝަންގެ އަހަރުކަމަށް ވެފައި، ބަޖެޓްގައި ހުރި އަދަދުތަކަށް ބަލާލުމުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ތައްޔާރު ކޮށްފައިވާ ބަޖެޓަކީ އިންތިޚާބަށް ތައްޔާރު ކޮށްފައި އޮތް ބަޖެޓެއްކަން އެގެން އެބައޮތް ކަމުގައެވެ.
މަޖިލީހުގެ މިއަދު ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މަޖިލިސް ބައެއް މެމްބަރުން ހަމަހަމަ 4 އަހަރެއްގެ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި، އެހެންނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ މިއީ އިގްތިސާދީ ގޮތުން ބެޖެޓް ހަމަހަމަ ނޫން ކަމުގައެވެ.
ޚާއްސަކޮށް ކޮޅުމަޑުލަށް ބަލާލާކަމަށް ވަންޏާ އަޅުގަޑު މި ފުރުސަތުގައި ދަންނަވާލަން ބޭނުންވަނީ އިގްތިސާދީ ގޮތުން ހަމަހަމަ 4 އަހަރުގަ ކޮޅުމަޑުލުވަނީ ވަރަށް ބޮޑަށް އިހުމާލް ކޮށްފަ ކަމަށް. އެއްވެސް އަޅާލުމެއް ނެތް. ބައްލަވާ، ހަމަ އެންމެ ރަށެއްވެސް ރިސޯޓުގެ ގޮތުގަ ތަރައްގީ ކުރަމުން ކޮޅުމަޑުލަކު ނުދޭ. އެންމެ ރަށެއްވެސް އެގްރިކަލްޗަރގެ މަސައްކަތަކަށް ދުލެއް ނުކުރޭ. މަސްވެރިކަމުގެ މަސައްކަތަށް ދޫކޮށްފަ އޮތް ކުނައްޑޫގަ މަސް ގަތުމުގެ މަސައްކަތެއް ނުހިނގާ. ކޮޅުމަޑުލަކީ މަސްވެރިން ގިނަ އަތޮޅެއް.
ބަޖެޓް ރިޕޯޓަށް ބާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޔާމިންގެ ވެރިކަމުގައެވެސް މިހާރުވެސް ތިމަރަފުށި އެއަރޕޯޓަށް ޖައްސަމުން ދަނީ ހަފްތާއަކު އެންމެ ދެ ފްލައިޓު ކަމުގައެވެ.
އެހެން ވީމާ އަޅުގަޑު ދަންނަވާން މި ބޭނުންވަނީ އިގްތިސާދީ ގޮތުން ހަމަހަމައެކޭ އަލުގަޑަށް ދެންނެވޭކަށް ނެތެ.
ރިޔާޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ 2019ވަނަ އަހަރުގެ ބަޖެޓްގައި ތިމަރަފުށީގެ ހޮސްޕިޓަލެއްގެ ވާހަކަ އިން ކަމަށާއި، ޖޫނިއަރ ކޮލެޖެއްގެ ވާހަކަ އޮތް ކަމަށާއި، އޭގެ އިތުރުން އޭނާ ހެލްތު މިނިސްޓްރީއަށް ގެންގޮސް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް އެވާރޑްވެސް ކޮށް ނޫސްތަކުގައިވެސް އެވާހަކަ ޖަހާފައި އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫޢަށް ވީގޮތެއްވެސް އެނގިފައި ނުވާކަމަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ތިމަރަފުށީގެ ރައްޔިތުން މިކަންކަމުގެ ވާހަކަތަކާއި ޝަކުވާތައް މިއަދުވެސް އެބަ ކުރާ ކަމަށެވެ. އަދި އޭނާވަނީ މިކަންކަމުގެ ޖަވާ ދެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ