ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު އާދިލް ހެލްތް މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓްރާސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރަމުންދިޔަ އާދިލް ކުއްލި ގޮތަކަށް ހެލްތަށް ބަދަލުކުރައްވާފައިވަނީ ކޮން ސަބަބަކާއި ގުޅިގެންކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ބައެއް ކަންތަތަކުގައާއި، މުވައްޒިފުންނާއި ގުޅުންހުރި ގިނަ މައްސަލަތަކުގައި އާދިލް ބައިވެރިވެފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
ޚާއްސަކޮށް ސިވިލްސަރވިސްގެ ޤަވާއިދާއި ޚިލާފަށް އެތައްދުވަހަކު ގަޑިޖެހި، މަސައްކަތަށް ފަރުވާކުޑަކުރަމުންއައި 11 މުވައްޒަފަކު ވަޒީފާއިން ވަކިކުރު މައްސަލާގައިވެސް ބައެއްކަންކަން އާދިލް ސިއްރު ކުރިކަމުގެ ތުހުމަތުވެސް އޭނާވަނީ ކުރެވިފައެވެ.
ކޮމެންޓު ފޮނުވާ