ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މެޗް ކުޅެމުން ދިޔައިރު އުފާ ފާޅުކުރަމުންދާ މަންޒަރު

ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސައުދީ ޓީމުގެ ތާރީޚީ ކާމިޔާބީ ފާހަގަކުރާ ފޮޓޯތައް އާންމު ކޮށްފި

ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސައުދީ ޓީމުގެ ތާރީޚީ ކާމިޔާބީ ފާހަގަކުރާ ފޮޓޯތައް އާންމު ކޮށްފި

މިހާރު ޤަތަރުގައި ކުރިޔަށްދާ ވާރލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ގަދަފަދަ އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއާގެ ގައުމީ ޓީމުން ހޯދި ތާރީޚީ ކާމިޔާބީ، އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ފާހަގަ ކުރަމުން ދަނިކޮށް ނަގާފާއިވާ ފޮޓޯތަކެއް، އޭނާގެ ކޮއްކޮ ޕްރިންސް ސައުދުގެ އިންސްޓަގްރާމް އެކައުންޓުގައި އާންމު ކޮށްފިއެވެ.

އެމްބީއެސްގެ ކޮއްކޮ އޭނާގެ އަމިއްލަފުޅު އިންސްޓަގްރާމް އެކައުންޓުގައި އާންމު ކޮށްފައިވާ އެއް ފޮޓޯގައި، ސައުދީ އަރަބިއާގެ ރަސްކަމަށް ވަޑައިގަތުމަށް މިހާރުވެސް ތައްޔަރުވެ ވަޑައިގެން ހުންނެވި އެމްބީއެސް، ކާމިޔާބީގެ އުފާ ފާޅުކުރަމުން އޭނާގެ ބޭބެއާއި ބައްދާތަން ފެންނާން ހުރެއެވެ. އަދި އޭނާ ގެންދިޔައީ އާއިލާގެ އެހެން މެމްބަރުނާއެކު މެޗް ބައްލަވަމުންނެވެ.

މެޗްގައި ސައުދީ ޓީމުން ގޯލް ޖެހުމުން އެމްބީއެސް ސަޖިދަކުރައްވާ މަންޒަރު

އާންމު ކޮށްފައިވާ އެހެން ފޮޓޯއެއްގައި ފެންނާން ހުރި ގޮތުގައި، ސައުދީ ޓީމުން ގޯލް ޖެހުމުން، ޓީވީއަށް ފުރަގަސްދީ އެމްބީއެސް ސަޖިދަ ކުރައްވާ މަންޒަރު ފެންނާން ހުރެއެވެ.

ސައުދީ އަރަބިއާގެ ގައުމީ ޓީވީން އާޖެންޓީނާގެ މައްޗަށް ތާރީޚީ ކާމިޔާބެއް ހޯދި މިމެޗް އެމްބީއެސްއާއެކު، ޕްރިންސް ސައުދުގެ އިތުރުން، އަދި ދޮށީ ބޭބެ ޕްރިންސް އަބުދުލް އަޒީޒުވެސް ގެންދެވީ ބައްލަވަމުންނެވެ. ޕްރިންސް އަބުދުލް އަޒީޒުއަކީ ސައުދީ އަރަބިއާގެ ހަކަތައާއިބެހޭ ވަޒީރެވެ.

މެޗް ކުޅެމުން ދިޔައިރު, ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ކަނާތް ފަރާތުގައި) އޭނާގެ ބޭނެ, ހަކަތައާބެހޭ ވަޒީރު ޕްރިންސް އަބުދުލް އަޒީޒާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސައުދީ އަރަބިއްޔާ އިން ފަހަތުން އަރައި 2-1 އިން އާޖެންޓީނާ ބަލިކޮށް، ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން ގެނެސްފައެވެ. މިއީ މި އަހަރުގެ ވާރލްޑްކަޕް މުބާރާތުގައި މި ދެޓީމުންވެސް ކުޅުނު ފުރަތަމަ މެޗެވެ.

އަދި މިއީ އާޖެންޓީނާއިން ވާރްޑް ކަޕް މުބާރާތުގައި ކުޅުން 18 ފަހަރަށް ވާއިރު، މިއީ ސައުދީ އަރަބިއާ މި މުބާރާތައް ކޮލިފައިވި 6 ވަނަ ފަހަރެވެ.

މެޗް ކުޅެމުން ދިޔައިރު, އެމްބީއެސް އޭނާގެ ހަނގު ކޮއްކޮ ޕްރިންސް ސައުދީއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

މި މެޗު ސައުދީން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއުންނެވެ. މުޅި މެޗުކަހަލަ ގޮތަކަށް އާޖެންޓީނާއިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މި މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.

އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއާގެ ގައުމީ ޓީމުން ހޯދި ތާރީޚީ މޮޅާއެކު، މިއަދަކީ ސައުދީ އަރަބިޔާގައި ރަސްމީ ބަންދު ދުވަހެއް ކަމުގައި އެގައުމުގެ ރަސްގެފާނު ކިންގ ސަލްމާން ވަނީ ހަމަޖައްސަވާފައެވެ.

އާއިލާގެ މެމްބަރުންނާއެކު އެމްބީއެސް ރޭގެ މެޗް ބައްލަވަނީ

މި މެޗަށް އާޖެންޓީނާއިން ނުކުތްއިރު، އެޓީމުން އެންމެ ފަހުން ކުޅުނު 36 މެޗުން ވެސް ވަނީ މޮޅުވެފައެވެ. އަދި މި ބައްޔާއެކު އެ ރިކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.

އާޖެންޓީނާ އަތުން ސައުދީ އަރަބިއްޔާ މޮޅުވިއިރު، މިއީ ވޯލްޑް ކަޕްގައި އެ ޓީމުން ހޯދި ހަތަރު ވަނަ މޮޅެވެ. މިއީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައި އޮތް ޓީމެއް އަތުން ސައުދީ އަރަބިއްޔާ މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާ ވޯލްޑް ކަޕްގައި މޮޅުވީ 1994 ވަނަ އަހަރުގެ މުބާާރާތުގައި މޮރޮކޯ އާއި ބެލްޖިއަމް އަތުންނެވެ. އަދި އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި މިސްރު އަތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.