ކްރިސް އެކްޓްކުރުމުން ބްރޭކެއް ނަގަނީ

ކްރިސް އެކްޓްކުރުމުން ބްރޭކެއް ނަގަނީ

Author
ފާތިމަތު ނާވީ
23 ނޮވެމްބަރ 2022 08:15
0

ހޮލީވުޑްގެ ކާމިޔާބު އެކްޓަރ ކްރިސް ހެމްސްވޯތު، އަލްޒެއިމާ ބަލީގެ އަލާމާތްތަކެއް ފެންނަން ފެށުމާ ގުޅިގެން އެކްޓްކުރުމުން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

މާވެލްގެ މަގުބޫލު "ތޯ" ގެ ކެރެކްޓާ ކުޅޭ އޮސްޓްރޭލިއާ އަށް އުފަން 39 އަހަރުގެ އެކްޓަރު ވެނިޓީ ފެއާ އަށް ބުނީ މި ނިންމުން ބިނާކޮށްފައިވަނީ އޭނާގެ ޖެނެޓިކްސްގެ ސަބަބުން އަލްޒައިމާ ބަލި ވާރުތަކުރުމުގެ ފުރުސަތު އޮތްކަން ދެނެގަނެވިފައިވާތީ ބްރޭކެއް ނަގައި، އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް އެދޭކަމަށެވެ.

 

View this post on Instagram

 

A post shared by Chris Hemsworth (@chrishemsworth)

އޭނާ ބުނީ ސިއްހަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި މިހާރު އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކަމަށެވެ. ކްރިސް ބުނި ގޮތުގައި ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލީގެ އެންމެ އާންމު ވައްތަރު ކަމަށްވާ އަލްޒެއިމާގެ އަލާމާތްތަކެއް ފާހަގަކުރެވުނީ ޑިޒްނީ ޕްލަސްގެ ޑޮކިއުމަންޓަރީއެއްގެ މަސައްކަތް ނިންމައިލުމަށް ފަހު ހެދި ޗެކަޕްތަކެއްގެ ތެރޭގަ އެވެ.

 

View this post on Instagram

 

A post shared by Chris Hemsworth (@chrishemsworth)

 

މި ޝޯގެ ފަސްވަނަ އެޕިސޯޑްގައި ކްރިސް ޖެނެޓިކް ޓެސްޓްތަކެއް ހަދާތަން ދައްކައި، އޭނާގެ APOE4 ގެ ދެ ކޮޕީ ހުންނަ ކަމަށް ވަނީ ހާމަވެފައެވެ. މިއީ އަލްޒައިމާ ބަލި ޖެހުމަށް އެންމެ ގުޅުންހުރި ޖީން އެވެ. ކްރިސް ބުނީ މަސައްކަތްތަކުން ރަސްމީކޮށް ބްރޭކެއް ނަގާނީ ޑިޒްނީ ޕްލަސް އާއި ނެޝަނަލް ޖޯގްރަފީގެ "ލިމިޓްލެސް" ގެ ޕްރޮމޯޝަނަލް ޓުއާ އާއި ސޮއިކޮށްފައި ހުރި އިތުރު މަސައްކަތްތައް ނިންމުމަށް ފަހު އެވެ.

 

View this post on Instagram

 

A post shared by Chris Hemsworth (@chrishemsworth)

 

ކްރިސްގެ އެންމެ ފަހުން ރިލީޒްކޮށްފައިވަނީ "ތޯ: ލަވް އެންޑް ތަންޑާ" އެވެ. ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "އެކްސްޓްރެކްޝަން 2″ އާއި 2015 ގެ "މޭޑް މެކްސް: ފިއުރީ ރޯޑް" ފާހަގަކޮށްލެވެއެވެ.

2010 ވަނަ އަހަރު މޮޑެލް އެލްސާ ޕަޓެކީއާ ކުރި ކައިވެނިން ކްރިސް އަށް ވަނީ ތިން ކުރިން ލިބިފައިއެވ. އެއީ އިންޑިއާ އާއި ފްރެޓާނަލް ޓްވިންސް ޓްރިސްޓަން އަދި ސާޝާ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.