ޖަލަށް ޑްރަގު ވައްދަން އުޅުނު އޮފިސަރު ޑްރަގާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް

ޖަލަށް ޑްރަގު ވައްދަން އުޅުނު އޮފިސަރު ޑްރަގާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް

Author
މުޙައްމަދު ޝަޒައިމް
21 ނޮވެމްބަރ 2022 10:01
0

ޖަލަށް ޑްރަގު ވައްދަން އުޅުނު ކަރެކްޝަންގެ އޮފިސަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ކަރެކްޝަންގެ އޮފިސަރެއް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށެވެ. މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފައިކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ މިސަރވިސްގެ އޮފިސަރެއް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ. މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފަ.

– ސީޕީ ވިދާޅުވިއެވެ.

ޖަލަށް ވެއްދުން މަނާތަކެތި ވައްދާ މައްސަލައަށް ހައްލު ހޯދުމަށް ކަރެންޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިކަމަށް މާއެދެވޭ ނަތީޖާއެއް ލިބޭތަނެއް ނުވެއެވެ. ޖަލަށް މަސްތުވާތަކެތި ވެއްދުމާއި، ފޯނު ވެއްދުމާއި މިނޫންވެސް މަނާ ގިނަ ތަކެތި ވެއްދުމަކީ އާންމު ކަމެކެވެ.

ކަރެކްޝަނުން ބުނެފައިވަނީ މިފަދަ މައްސަލަތަކުގައި ޝާމިލުވާ އެއްވެސް އޮފިސަރަކަށް އެއިދާރާގެ އެއްބާރުލުން ނުލިބޭނެކަމަށެވެ. އަދި އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށްވެސް އެދިރާއިން މީގެކުރިންވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.