ރޮނާލްޑޯގެ 2 ލަނޑުން ޔުވެންޓަސް ދެ ވަނައަށް

ރޮނާލްޑޯގެ 2 ލަނޑުން ޔުވެންޓަސް ދެ ވަނައަށް

އިޓާލިއަން ސެރިއާގައި ޔުވެންޓަސް މޮޅުވެ ތާވަލުގެ ދެވަނައަށް ކުރިޔަށްޖެހިލައިފިއެވެ.

އަމިއްލަ ދަނޑުކުޅުނު ޔުވެންޓަސް މޮޅުވީ ކަލިއޭރީއާ ވާދަކޮށް 2-0 ލަނޑުންނެވެ. މެޗުގައި ޔުވެންޓަސްއިން ޖެހި ދެލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނާ ރޮނާލްޑޯއެވެ.

ރޭގަ ޖެހި 2 ލަނޑާއެކު 8 ލަނޑު ހަމަކޮށް ރޮނާލްޑޯ ވަނީ ލަނޑުލިސްޓުގެ ކުރީގައި، އޭސީމިލާންގެ އިބްރަހަމަވިޗާއި ހަމަކޮއްފައެވެ. މިއީ ރޮނާލްޑޯ ޔުވެންޓަސް އަށް ކާމިޔާބުކޮށްދިން 60 ވަނަލަނޑެވެ. އޭނާ ވަނީ އެންމެފަހުން ޔުވެންޓަސް ކުޅުނު ފަސްމެޗުގައި ވެސް ލަނޑުޖަހާފައެވެ.

ރޭ ލީގުގައި އެޓްލާންޓާ އާއި ސްޕީޒިޔާ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކުޅުނު 8 މެޗުން ހަތަރު މެޗު އެއްވަރުވެ ހަތަރު މެޗުން މޮޅުވެ ޔުވެންޓަސް އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ރޭގެ މެޗު އެއްވަރުވުމުން އެޓްލާންޓާ އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ 6 ވަނަގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *