މިދިޔަ ހުކުރު ދުވަހުގެ ރޭ، ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީއަށް ބަޔަކު ދިން ޙަމަލާއަކީ، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި ޢަމަލެއްކަމަށް އޭނާ ތުހުމަތުކުރައްވައިފިއެވެ.
މިއަދު ކުރެއްވި ޓްވިޓެއްގައި ޝިމާޒް ވިދާޅުވީ 18 ނޮވެމްބަރ 2022 ވީ ހުކުރު ދުވަހުގެ ރޭ އޭނާއށް ދިން ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއްކަމަށެވެ. އަދި މިކަން ކުރުމުގެ ކުރިން އެކިގޮތްގޮތުން އެތައް އިންޒާރެއް އޭނާއަށް ދީފައިވާކަމަށް ޝިމާޒް ވިދާޅުވިއެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވީހާވެސް އަވަހަކަށް ބަލާ މިކަން ކުރި ފަރާތްތަކާއި އަދި މި ހަމަލާ ދިނުމުގެ އަޑީގައި ތިބި ފަރާތްތައް ހޯދައި ވީހާވެސް އަވަހަކަށް އިންސާފު ގާއިމުކޮށްދިނުމަށް އެދޭކަމަށްވެސް ޝިމާޒް ވިދާޅުވިއެވެ.
18 ނޮވެމްބަރ 2022 ވީ ހުކުރު ދުވަހުގެ ރޭ އަޅުގަނޑަށް ދިން ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެކެވެ. މިކަން ކުރުމުގެ ކުރިން އެކިގޮތްގޮތުން އެތައް އިންޒާރެއް އަޅުގަނޑަށް ދީފައިވާއިރު، 1/2
— Shimaaz Ali (@shimatey) November 20, 2022
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީއަށް ދިން ޙަމަލާއާ ގުޅިގެން ކުރެވޭ އެކިއެކި ތުހުމަތުތަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙު ވިދާޅުވީ އެހަމަލާއާ = (ޖޭޕީ)އާވެސް އަދި އެޕާޓީގެ ކައުންސިލް މެމްބަރު، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާއާވެސް ގުޅުމެއް ނެތްކަމަށެވެ.
ޢަލީ ޞާލިޙް މިހެން ވިދާޅުވީ ޝިމާޒަށް ދިން ޙަމަލާއާ ޖޭޕީއާ ނުވަތަ މިނިސްޓަރ ނަހުލާއާ ގުޅުވައި ބައެއް މީޑިއާތަކުން ތުހުމަތުކުރާތީކަމަށް ޢަލީ ޞާލިޙް ވިދާޅުވެއެވެ. ޢަލީ ޞާލިޙް ވިދާޅުވީ ޝިމާޒަށް ދިން ޙަމަލާއާ، ޖޭޕީއާއި މިނިސްޓަރ ނަހުލާއާ ގުޅުވަނީ ޒާތީގޮތުން އަބުރުކަތިލުމުގެ ގޮތުންކަމަށެވެ.
ޢަލީ ވިދާޅުވީ ޝިމާޒާއި މިނިސްޓަރ ނަހުލާއާ މައްސަލަޖެހިގެން އުޅޭކަމަށް މީޑިއާގައި ވާހަކަދެވޭ ވާހަކައަށް ވިދާޅުވާން އޮތީ، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭނަމަ އެކަމުގައި ސިޔާސީ މީހުންނާމެދު ފިޔަވަޅު އަޅަން އޮންނަ އުސޫލުން ރައީސް އޮފީހަށް ފޮނުވުން އެއީ ނިޒާމުގެ ތެރެއިން ހިނގާ ކަމެއްކަމަށެވެ. ވަޒީރުންކުރައްވާ އެފަދަ ކަންކަމަކީ ޒާތީކަމެއް ނޫންކަމަށްވެސް ޢަލީ ޞާލިޙު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަޙުލާވެސް ވަނީ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީއަށް ދިން ހަމަލާ ކޮށްވެރިކުރައްވާފައެވެ. މިޙަމަލާ ކުށްވެރިކުރައްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް އެއްވެސް ފަސްޖެހުމެއްނެތި ކުރައްވާނެކަމަށެވެ.