އަމިއްލަ ޕާޓީއަށް ވެރިކަން ލިބުނީމަ ހަޖަމް ނުވެގެން އުޅުމަކީ އަޖައިބެއް: ރޮޒައިނާ

އަމިއްލަ ޕާޓީއަށް ވެރިކަން ލިބުނީމަ ހަޖަމް ނުވެގެން އުޅުމަކީ އަޖައިބެއް: ރޮޒައިނާ

Author
ޢަލީ އާދަމް
19 ނޮވެމްބަރ 2022 03:06
0

އަމިއްލަ ޕާޓީއަށް ވެރިކަން ލިބުނީމާ ހަޖަމް ނުވެގެން އުޅުމަކީ އަޖައިބެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާ ރޮޒައިނާ އާދަން ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ 2 ފެކްޝަނުގެ ޒުވާބެއްގައި އޭނާ ވިދާޅުވީ ވާހަކައަކާ ގުޅިގެން ރައީސް ނަޝީދުގެ ފެކްޝަންގެ، އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވި އެއްޗަކަށް ރައްދުދެއވަމުންނެވެ. ރޮޒައިނާ ވިދާޅުވެފައިވަނީ "ރައީސް ނަޝީދުގެ ފެކްޝަނަށް ކިޔަންވީ ވެރިކަމަށް ދަންޖެހޭ ފެކްޝަން" ކަމަށެވެ. ރޮޒައިނާ މިހެން ވިދާޅުވީ ޙަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ޓްވީޓުކުރާ އެކައުންޓުން ނެގި ޕޯލަކާ ގުޅިގެންކަމަށް ބެލެވެއެވެ. އެޕޯލްގައި ހަސަން ކުރުސީ ބުނެފައިވަނީ ރައީސް ނާޝީދުގެ ފެކްޝަނީ އެންޓި-ކޮރަޕްޝަން ފެކްޝަންކަމަށެވެ. އަދި ރައިސް އިބޫގެ ފެކްޝަނަކީ ގަރުދިޔަ މަސާލާ ފެކްޝަން ކަމަށެވެ.

ރޮޒައިނާ އަށް ރައްދު ދެއްވައި މެމްބަރު ވަޙީދު މަލާމާތުގެ ރާގަކަށް ވިދާޅުވެފައިވަނީ "މިއީ އެއްގޮތަކަށްވެސް ވެރިކަން ބޭނުންނުވާ ފެކްޝަނުގެ ބޭފުޅެއް." ކަމަށެވެ.

 

އެމްޑީޕީ ދެބައިވެ ރައީސް ނަޝީދަށް ތާޢީދުކުރާ ބަޔަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރާ ބަޔަކު ވަނީ އުފެދިފައެވެ. ދެބައިމީހުންގެ ދެމެދުގައި އުފެދިފައިވާ ޒުވާބުގެ އެންމެ ކުރީގައި ރޮޒއިނާއާއި މެމްބަރު ވަޙީދު ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.