ބަނޑަށްޖެހި މަގުމަތިވެސްވި: މިތުން

ބަނޑަށްޖެހި މަގުމަތިވެސްވި: މިތުން

Author
ފާތިމަތު ނާވީ
19 ނޮވެމްބަރ 2022 08:58
0

ކާނެ އެއްޗެއް ނުލިބި ބަނޑަން ޖެހުނު ކަމަށާއި އުޅޭނެ ތަނެއް ނެތި މަގުމަތި ވި ކަމަށް މަޝްހޫރު ބޮލިވުޑްގެ އެކްޓަރު މިތުން ޗަކްރަބޮތީ ބުނެފިއެވެ.

ޒީ ޓީވީގެ ރިއަލިޓީ ޝޯވ "ސަރެ ގަ މާ ޕާ ލިޓްލް ޗޭމްޕްސް" ގައި ވާހަކަ ދައްކަމުން އޭރުގެ ހަދާންތަށް މިތުން ވަނީ އަލުން ތާޒާ ކޮށްފައިއެވެ. މިތުން އަކީ މި ޝޯވ ގެ އެއް ޖަޖެވެ.

މިތުން ބުނިގޮތުގައި އޭނާގެ ހަމުގެ ކުލަޔާއި ހެދި ވަރަށް ގިނަ އަހަރުތަކެއް ވަންދެން އޭނާއަށް މީހުން އިޚްތިރާމްކުޑަކޮށް ފާޑު ކިޔާފައިވެއެވެ. އަދި އެތައް ރެއަކު ރޮމުން ނިދާ ކަމަށާއި އެއްފަހަރު ކައިފި ނަމަ އަނެއް ފަހަރު ކާނެ އެއްޗެއް ނުވަތަ ނިދާނެ ތަނަކާމެދު ވިސްނި ދުވަސްތައްވެސް މާޒީވެ ގޮސްފައިވާ ކަމަށް މިތުން ބުންޏެވެ.

މިތުން ފިލްމީ ކެރިއަރު ފެށީ 1976 ވަނަ އަހަރު ދެއްކި އާޓް ހައުސް ޑްރާމާ "މިރްގާޔާ" އިންނެވެ. މި ފިލްމުން އޭނާއަށް ވަނީ ޤައުމީ އެވޯޑުވެސް ލިބިފައެވެ. އޭގެފަހުން 1980 އާއި 1990 ގެ އަހަރުތަކުގައި މިތުން ވަނީ ވިދާލާފައެވެ. މިތުން އެންމެ ފަހުން ފެނުނީ މިއަހަރުގެ  ކާމިޔާބު ފިލްމު "ކަޝްމީރު ފައިލްސް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތައިމޫރުގެ މަންމަ ކަރީނަގެ ފިރިމީހާ
އިސްލާމްކަން ނުލިބުން އެއީ އެންމެ ބޮޑު ބަނޑަށް ޖެހުން