ރާއްޖެއަށް އެތެރެކުރަން އުޅުނިކޮށް 4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެއަށް އެތެރެކުރަން އުޅުނިކޮށް 4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެއަށް އެތެރެކުރަން އުޅުނިކޮށް 4.460 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިއީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެތިކަމަށެވެ. ބްރެޒިލް މަގުން ރާއްޖެއަށް މިތަކެތި ވަގަށް އެތެރެކުރަން އުޅުނީ ބްރެޒިލްގެ ރައްޔިތެކެވެ. އޭނާގެ އެތެރެކުރަން އުޅުނު މިމަސްތުވާތަކެތި މިމަހުގެ 9ވަނަ ދުވަހު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

މި ބްރެޒިލް މީހަކީ ޢުމުރުން 29 އަހަރުގެ އަންހެނެކެވެ. މަސްތިުވާތަކެތި އަތުލައިގަނެވުނީ އޭނާ ރާއްޖެއައުމާއެކު އޭނާއާމެދު ޝައްކުކުރެވިގެން، އޭނާ ގެނައި ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ. އެއިން ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރި އެއްޗެއް ފެނިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ވަނީ ފެނިފައެވެ. އެއީ ކޮކައިންކަން އެނގުނީ ކަސްޓަމްސްއިން އެ ޓެސްޓުކުރުމުންނެވެ،

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15,000,000.00 (ފަނަރަ މިލިއަން) ރުފިޔާއަށް އަރާކަމަށާ، މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *