ރިތިކް އާއި ދީޕިކާގެ އަލަތު ފިލްމްގެ ޝޫޓިން ފަށައިފި

ރިތިކް އާއި ދީޕިކާގެ އަލަތު ފިލްމްގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ ކާމިޔާބު ފިލްމް ތަކެއް ކުލެފައިވާ ދެތަރިން ކަމުގައިވާ ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމް "ފައިޓާ" ގެ ގެ ޝޫޓިން ފަށައިފި އެވެ.

ޝޫޓިން ފެށި ވާހަކަ މި ފިލްމު އުފައްދާ ޑައިރެކްޓަރު ސިދާތު އާނަންދުވަނީ އިއުލާން ކޮށްފައިއެވެ. މާފްލިކްސް ޕްރޮޑަކްޝަން އިން އުފައްދާ އެ ފިލްމުގެ ޝޫޓިން ފެށުނުކަން އެ ޕްރޮޑަކްޝަން ހައުސް އިން ވަނީ އިއުލާން ކޮށްފަ އެވެ. އެއީ ފިލްމްގެ ޑައިރެކްޓަރު ސިދާތުގެ ޕްރޮޑަކްޝަން ހައުސްއެވެ.

 

View this post on Instagram

 

A post shared by MARFLIX (@marflix_pictures)

ރިތިކް އެންމެ ފަހުން ކުޅުނު ސިދާތުގެ ފިލްމަކީ 2019 ގެ އެންމެ ކާމިޔާބު ހިންދީ ފިލްމު ކަމަށްވާ "ވޯ" އެވެ. އޭގެ ކުރިން ދެ މީހުން 2014 ގެ "ބޭންގް ބޭންގް" ގައި މަސައްކަތްކުރި އެވެ.

ޑައިރެކްޓަރ ސިދާތު އާނަންދުގެ މި ފިލްމުގެ މުހިންމު ރޯލަކުން އަނިލް ކަޕޫރު ވެސް ފެނިގެން ދާނެއެވެ. ފިލްމުގެ ވާހަކަ ލިޔެފައި ވަނީވެސް ސިދާތެވެ. މާފްލިކްސް އާއި ވަޔަކޮމް އެންޓަޓައިންމަންޓް ގުޅިގެން އުފައްދާ "ފައިޓާ" އަކީ އޭރިއަލް އެކްޝަން ތުރިލާއެކެވެ. ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ ޖެނުއަރީ، 25، 2024 ގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *