ހައިކޯޓުގެ ތާރީޚުގައި ފުރަތަމަފަހަރަށް، ހުސް އަންހެނުންގެ މައްޗަށް އެކުލެވޭ ބެންޗެއްގެ ޝަރީޢަތެއް!

ހައިކޯޓުގެ ތާރީޚުގައި ފުރަތަމަފަހަރަށް، ހުސް އަންހެނުންގެ މައްޗަށް އެކުލެވޭ ބެންޗެއްގެ ޝަރީޢަތެއް!

Author
ޢަލީ އާދަމް
16 ނޮވެމްބަރ 2022 10:56
0

ރާއްޖޭގެ ހައިކޯޓުގެ ތަރިޚުގައި ފުރަތަމަ ފަހަރަށް ހުސް އަންހެނުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީޢަތެއް ހިންގައިފިއެވެ.

ހައިކޯޓުގެ މީޑިއާ އޮފިސަރ އަމީން ފައިސަލްވަނީ މިކަން ފާހަގަކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދުވަނީ ޝަރީއަތެއް ހިންގާފައި ކަމަށެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. އޭގެތެރެއިން މިވަގުތު އެކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި 11 ބޭފުޅުންގެތެރޭގައި ހިމެނެނީވެސް މި ތިން އަންހެން ފަނޑިޔާރުންނެވެ. ހައިކޯޓުގެ ބެންޗުގައި ހެނިވަޑައިގަތް ފުރަތަމަ އަންހެން ފަނޑިޔާރަކީ ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.