ދުރުގައިތިބެ، ބިރުދައްކައިގެން ފަހަތަށް ޖެއްސުމަށްޓަކައި ކިތަންމެ އިންޒާރެއްދީ ހެދިޔަސް، ފަހަތަކަށ ްނުޖެއްސޭނެ ކަމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީ ތެރޭގައި އޮތް ޚިޔާލްތަފާތުވުން ތަކުގައި ރައީސް ޞާލިހުގެ ދިފާއުގައި ރޮޒޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާތީ އޭނާއަށް ރައްދުކޮށް އަންހެނަކު ދީފައިވާ އިންޒާރު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައި ކުރެއްވިޓުވީޓެއްގައެވެ.
ރޮޒޭނާ ވިދާޅުވީ މިގޮތަށް ފުރައްސާރަ ކުރުމަކީ އެމްޑީޕީފަދަ ޑިމޮކްރަޓިކް ޕާޓީއަކުން ފެނިގެން ދިއުން ހިތާމަހުރި ކަމެއްކަމަށެވެ. އެމްޑީޕީގެ އެތައް ފިރިހެނުންނެއް ރައީސް ނަޝީދަށް ފާޑުވިދާޅުވެ ހަދާއިރުވެސް މިފަދަ ފުރައްސާ ނުކުރާކަމަށާއި، ނަމަވެސް އޭނާއަށް މިގޮތަށް އިންޒާރު ދެނީ ބިރުދެއްކުމަށް ކަމަށްވާނަމަ އެކަމެއް ކާމިޔާބު ނުވާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި މިގޮތަށް 40 ފިރެހުން ފޮނުއެރުވިޔަސް ފަހަތަކަށް ނުޖެއްސޭނެކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
އަންހެނަކު އެހެން އަންހެނަކަށް މިގޮތަށް ފުރައްސާރަކޮށް އަނިޔާވެރިވުމަށް ގޮވާލާކަން މިއީ ހިތާމަހުރި ކަމެއް. މިޕާޓީގެ ފިރިހެނުންވެސް ރައީސް ނަޝީދަށް ރާޑުކިޔާ. އެކަމަކު އަންހެނަކަށް އަޅުގަނޑުވާތީ އެމީހުންނަށް ނުކުރާ ފުރައްސާރަ އަޅުގަނޑަށް މިކުރަނީ. 40 ފިރިހެނުން ފޮނުއެރުވިޔަސް ފަހަތަކަށް ނުޖެއްސޭނެ.
– ރޮޒޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެން މީހަކަށް އަނިޔާވެރިވުމަށް ގޮވާ ވަރށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަން ކަމަށާއި އެމްޑީޕީއަކީ އެއްވެސް މީހަކަށް އަނިޔާވެރި ވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި މިއީ ރައީސް ނަޝީދު ދަސްކޮށްދެއްވި ޑިމޮޮކްރަސީތޯ ރޮޒޭނާ ވަނީ އިންޒާރުދިން މީހާއާއި ސުވާލުކޮށްފައެވެ.
މީހުންނަށް ބިރުދައްކާ އަނިޔާކޮށް ފުރައްސާރަ ކުރުމަށް ގޮވާލުމަކީ ޤާނޫނީ ކުށެއްކަން ހަނދުމަކޮށް އަރުވަން. އަދި އަޅުގަނޑު ފާޅުކުރާ ޚިޔާލަކުން އަޅުގަނޑަށް ފުރައްސާރަކޮށް ބިރުދައްކާ މަޖިލީހަށް ދެވުނަ ނުދިނަސް އެއީ ތިބޭފުޅާ އަށް ރައީސް ނަޝީދު ދަސްކޮށްދެއްވި ޑިމިކްރަސީތޯ ސުވާލު ކޮށްލަން.
– ރޮޒޭނާ އަށް އިންޒާރު ދިން މީހާއާއި އޭނާ ސުވާލު ކުރިއެއެވެ.
Meehunnah birudhakkaa aniyaakoh furassaara kurumah govaalumakee qanoonee kushehkan handhumakoh aruvan.
Adhi alhugandu faalhukura khiyaalakun alhugandah furassaarakoh birudhakkaa majleehah dhevuna nudhinun eyee thibeyfulha ah RN dhaskohdhevvi democracy tho suvaalukollan. https://t.co/JqI8ulumUg— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) November 14, 2022
އެމްޑީޕީގެ އެތެރޭގައި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެ، ދެ ފެކްޝަނެއް އުފެދިފައިވާއިރު ރޮޒައިނާ ހުންނެވީ ސަރުކާރުގެ ފަޅީގައެވެ. އޭނާ ފާހަގަކުރެވެނީ އެންމެ ބޮޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިފާއު ކުރައްވާ، އެކަމަކު ނަޝީދު ކުރައްވާ ކަންކަމަށް ޖެހިލުމެއް ނެތި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ