އަލިފާން ރޯވި ގަރާޖު ހިންގީ ގަވާއިދާއި ޚިލާފަށް، ހުޅުހިފަން ނެގީ ދޮޅު މިނިޓް: ފުލުހުން

އަލިފާން ރޯވި ގަރާޖު ހިންގީ ގަވާއިދާއި ޚިލާފަށް، ހުޅުހިފަން ނެގީ ދޮޅު މިނިޓް: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2022 04:30
0

މިމަހުގެ 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި އެތަނުގައި ހިންގަމުންދިޔަ ގަރާޖު ހިންގަމުންދިޔައީ ގަވާއިދާއި ޚިލާފަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ޕްރެސްގައި ފުލުުހުން ވިދާޅުވީ މ. ނިރުފެހިގޭގައި ހިންގަމުންދާ ގަރާޖަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތީން ހުޅުމާލެއަށް ގަރާޖު ބަދަލު ކުރުމަށް އަންގި އެކަމަށް އަމަލު ކޮށްފައި ނުވާ ތަނެއްކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގައިދިޔައިރު، އެތަން ހިންގަމުން ދިޔައީ ގަވާއިދާއި ޚިލާފަށްކަމަށް ފުލުހުން ވިދާޅުވިއެވެ.

އިންސްޕެކްޓަ އޮފް ޕޮލިސް މުހަންމަދު ސާމީ ވިދާޅުވީ އިމާރާތުގެ އެތެރެ ހަދާފައި ހުރީ ފިލައިން ކަމަށާއި އޭގެ ތެރެއިން އެއް ފްލޯގައި ހަތަރު ކޮޓަރި، އަދި އަނެއް ފްލޯގައި އަށް ކޮޓަރި ހަދާފައިވާ ކަމަށެވެ. އެ ތަންތަން ވެސް ވަކިކޮށްފައި ހުރީ ފިލައިން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވިއްސަކަށް ފޫޓު، ތިރީސް ފޫޓުގެ ތަނެއް ކަމަށެވެ.

ފުލުހުންނަށް އެ މައުލޫމާތު ލިބުމާ އެކު ވަގުތުން ދިޔަ ކަމަށާއި ގަރާޖުގައި ފުރަތަމަ ރޯވީ ބުދަ ދުވަހުގެ ރޭ 12:26 ގައި ކަމަށް ސާމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައިވާ ތަނެއް ކަމަށާއި އެހެންވެ، އެތަން ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ވާތީ އެކަން ވެސް ވަކިން ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށް ނުބެލޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.