ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ޙާދިސާ: 10ވަނަ މީހާވެސް ދެނެގަނެވިއްޖެ

ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ޙާދިސާ: 10ވަނަ މީހާވެސް ދެނެގަނެވިއްޖެ

Author
ޢަލީ އާދަމް
13 ނޮވެމްބަރ 2022 01:22
0

މިދިޔަ ބުދަ ދުވަހުގެރޭ މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން މިހާތަނަށް ކާކުކަން ދެނެނުގަނެވި ވާ މީހާ އަކީ ކާކުކަން މިޙާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބުނީ އެއީ އިންޑިއާގެ ފިރިހެނެއްކަމަށެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން 9 މީހުން ވަނީ ކުރިން ދެނެގަނެވިފައެވެ. ބުދަ ދުވަހުގެރޭ މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ 10 މީހުންގެ ހަށިގަނޑުވެސް މިހާރު މިވަނީ ދެނެގަނެވިފައެވެ.

ނިޔާވެފައިވާ 10 މީހުންނަކީ :

– އިންޑިއާގެ 3 އަންހެނަކާއި، ބަންގްލަދޭޝްގެ އަންހެނެއް
– އިންޑިއާގެ 5 ފިރިހެނަކާއި، ބަންގްލަދޭޝްގެ ފިރިހެނެއް

މި ހާދިސާގައި ނިޔާވި މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާތީ އެމީހުން ވަކިކުރަން ނޭނގޭ ވަރަށް ސިފަ ގެއްލިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. ފުލުހުން ބުނީ، އެމީހުން ދެނެގަތުމުގެ މަސައްކަތްކުރީ، އާންމުންނަށް ހުޅުވާލައިގެން ލިބުނު މަޢުލޫމާތާއި ފުލުހުން ހެދި ކްރޮސް މެޗްތަކުން ކަމަށެވެ. އެގޮތުން ފުލުހުން ވަނީ ބުދަ ދުވަހުގެ ރެއިން ފެށިގެން ވާނުވާ ނޭނގި ގެއްލިފައިވާ ބިދޭސީންގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.