ހިތަދޫ އެކި ތަންތަނުގައި "އިންޑިއާ އައުޓް"

ހިތަދޫ އެކި ތަންތަނުގައި "އިންޑިއާ އައުޓް"

Author
މުޙައްމަދު ޖިމީ
12 ނޮވެމްބަރ 2022 08:27
0

އައްޑޫ ސިޓީގައި ހުންނަ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހާއި އައްޑޫ މޭޔަރު ޢަލީ ނިޒާރުގެ ގެކޮޅު ހިމެނޭހެން ގިނަ ތަންތަނުގައި "އިންޑިއާ އައުޓް" ޖަހއިފިއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އެ ފޮޓޯތައް ދައުރުވާން ފަށާފައެވެ. ރައީސް ނަޝިދުގެ އޮފީހާއި މޭޔަރުގެ ގެކޮޅުގެ އިތުރުން ސިޓީ ކައުންސިލް އިދާރާގެ ފާރާއި، އެނޫންވެސް އެތައް ތަނެއްގައި އިންޑިއާ އައުޓް ލިޔެފައިވެއެވެ. އައްޑޫ މޭޔަރު ޢަލީ ނިޒާރު ވިދާލުވީ މިހާރު އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

އިންޑިއާ އައުޓް އައްޑޫގެ އެކި ތަންތަނުގައި ޖަހާފައި މިވަނީ އެ ހަރަކާތް ހުއްޓުވުމަށް ރައީށްގެ ގަރާރަކުންނާއި ޤާނޫނުން މަނާކޮށްފައިވަނިކޮށެވެ. ދާދި ފަހުން ރައީސް ޔާމީން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެމަނިކުފާނުގެ  މޭމަތީގައި ނުވަތަ ގެކޮޅުގައި "އިންޑިއާ އައުޓް" ޖަހައިގެން ނުކުންނެވުމުން އެކަން ހުއްޓުވިނަމަވެސް، އެއްފަހަރާ އައްޑޫގެ ހުރިހާ ގެއެއްގައި އިންޑިއާ އައުޓް ޖަހައިފިނަމަ ފުލުހުން އުޅޭޏީ ވަރަށް ހާލުގައިކަމަށެވެ.

އަދި ސަރުކާރުގެ މީހުން ވޯޓު ހޯދަން އައްޑޫއަށް ވަޑައިނުގަންނަވާނެކަމަށްވެސް ވިދާޅުވިއެވެ.

އައްޑޫއަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި ގިނަ ބަޔަކު އެމަނިކުފާނަށް ތަޢީދުކޮށް ނިކުމެފައިވެއެވެ.

އައްޑޫގައި އިންޑިއާގެ އެހީގައި ގިނަ މަޝްރޫޢުތަކެއް ހިންގިނަމަވެސް، އެ މަޝްރޫޢުތަކުގެ ފެންވަރު ދަށްކަމަށްބުނެ އެމްޑީޕީގެ މެންބަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.