މާލޭގެ މެދުޒިޔާރަތުގައި މީގެ ކުރިން ހުރި ގޮތަށް ދިދަ ނަގަން ފެށުމުން ކިޔަމުންދިޔަ ފާޑުކިޔުންތަކަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫން ރައްދު ދެއްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ދިމާކޮށް އިއްޔެ ދިދަ ނަގަން ފެށުމާއެކު ސޯޝަލް މީޑިއާގައި ބައެއް ދީނީ އިލްމުވެރިން ވަނީ އެއީ ނިމުމަކަށް ގެނެސްފައިވާ ބިދުއައެއް އަލުން ފެށުން ކަމަށް ބުނެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔައިފައެވެ. އެ މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު އިރުއޮއްސެނިކޮށް މެދުޒިޔާރާތުގައި ހުރި ދިދަ ވަނީ ބާލައިފައެވެ.
ދިދަތައް ބޭލުމުގެ ކުރިން ކިޔަމުންދިޔަ ފާޑުކުޔުންތަކާއި ގުޅިގެން މިނިސްޓަރ ޔުމްނާ ވިދާޅުވީ މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ޤައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ޤައުމީ ޖޯޝު އުފެދިގެންދާނެ ކަމެއްކަމަށެވެ. އެފަދަ އާސާރުތައް ބަލައިލުމަކީ ދިވެހީންނާއި، ފަތުުރުވެރީންގެ ޝައުގުވެރިކަންވެސް ބޮޑު ކަމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ޤައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ޤައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް. އެއީ އެ ފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންގެ އަދި ފަތުރުވެރީން ޝައުޤުވެރިވާނެ ކަމެއް.
– މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައި ވަނީ މެދުޒިޔާރަތުގައެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް އެ ޒިޔާރަތުގައި ފަސްދާނުލާފައިވެއެވެ.
އެ ޒިޔާރަތަކީ ކުރިން މީހުން ނަދުރު ބުނެ އުޅުނު ތަނެކެވެ. ނަމަވެސް، އެ ތަނަށް ނަދުރު ބުނުން ސަރުކާރުން 1957 ގައި މަނާކުރިއެވެ. އެ ޒިޔާރަތް ބިނާކުރި ސީދާ ތާރީހު ނެނގޭއިރު، ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައެވެ.
ކޮމެންޓު ފޮނުވާ