ޓެރަރިޒަމްގެ އޮޕަރޭޝަނެއް މާލެ އާއި އައްޑޫގައި

ޓެރަރިޒަމްގެ އޮޕަރޭޝަނެއް މާލެ އާއި އައްޑޫގައި

ސަލާމަތީ ބާރުތަކުން މާލެ އާއި އައްޑޫގައި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި އައްޑޫގެ އިތުރުން އައްޑޫގެ ކަނޑުގެ ސަރަހައްދުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކުން އެނގޭ ގޮތުގައި އައްޑޫގައި ކުރިޔަށް ދާ އޮޕަރޭޝަންގެ ތެރެއިން ބައެއް ގެއެއް ވެސް ބަލާ ފާސް ކުރަމުން އެބަދެއެވެ.

އޮޕަރޭޝަންގައި ބަލާ ފާސް ކުރުމަށް ގެއަކަށް ވަދެފައި ވަނީ ސިފައިންގެ ބޮން ސްކުއާޑުން ކަމަށް އައްޑޫގެ މީޑިއާއަކުން ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ރާއްޖޭގައި މީހުން މަރަން ފަސް ނުޖެހޭ ނުރައްކާތެރި 1000 އަކަށް ވުރެ ގިނަ މީހުން އުޅެމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޓެރަރިޒަމާ ދެކޮޅަށް އޮޕަރޭޝަނެއް ފަށާފައިވާއިރު ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި މުހިންމު ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ހިންގި އެކި އޮޕަރޭޝަންތަކުގައި މީގެ ކުރިންވެސް މީހުން ޙައްޔަރުކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ނުބައިނަމެއް ބޭނުންކޮށްގެން އިންޑިއާ އައުޓް ޖެހި މީހުން ހޯދަން ރާވައިގެން ހިންގާ ކަމެއްކަމަށް ތުހުމަތުކުރެވޭ. ތިޔަކިޔާ ނަމެއްކީމަ އެކަން ދެން މާބޮޑުވޭ. އެކަމަކު މިރާއްޖޭގައި ތިކަހަލަ ނަންނަމަކީވެސް ގިނަފަހަރަށް ސިޔާސީގޮތުން ބޭނުންކުރާ ހަތިޔާރެއްކަން އެނގޭތީ ރައްޔިތުން އެހާއިތުބާރެއް ނުކުރޭ.

Leave a Reply

Your email address will not be published. Required fields are marked *