އަލިފާނުގެ ޙާދިސާއާ ގުޅިގެން އިންޑިއާއާއި ބަންގްލަދޭޝަން، ފޮރިން މިނިސްޓަރ ތަޢުޒިޔާ ވިދާޅުވެއްޖެ

އަލިފާނުގެ ޙާދިސާއާ ގުޅިގެން އިންޑިއާއާއި ބަންގްލަދޭޝަން، ފޮރިން މިނިސްޓަރ ތަޢުޒިޔާ ވިދާޅުވެއްޖެ

Author
ޢަލީ އާދަމް
11 ނޮވެމްބަރ 2022 11:28
0

އިއްޔެރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި އިންޑިއާއާއި ބަންގްލަދޭޝަން ނިސްބަތްވާ ބަޔަކު މަރުވެފައިވާތީ ރައްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެ ދެޤައުމަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު، ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ.ޖައިޝަންކަރާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ އޭ.ކޭ. ޢަބްދުލް މޮމެން އާ ފޯނުން ގުޅުއްވައި، މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާގައި އެ ދެ ޤައުމުގެ ރައްޔިތުންތަކެއް މަރުވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި މި ހާދިސާގައި މަރުވި އެ ޤައުމުތަކުގެ ރައްޔިތުންގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަތެވެ. ހަމައެއާއެކު، މި ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަޙުގީގެއް ކުރަމުންދާ ވާހަކައާއި މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީއާއި އެއްބާރުލުން އެ ދެ ޤައުމުގެ ހައިކޮމިޝަން މެދުވެރިކޮށް، ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރ ޝާހިދު ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.