ތިން އަތޮޅެއްގެ ދަނޑުވެރިންނަށް ތަމްރީން

ތިން އަތޮޅެއްގެ ދަނޑުވެރިންނަށް ތަމްރީން

ގުޅުންހުރި

ތިން އަތޮޅެއްގެ ދަނޑުވެރިންނަށް ދަނޑުވެރިކަމުގެ ވިޔަފާރި ތަމްރީން ޕްރޮގްރާމްި ހިންގަންފަށައިފިއެވެ.

މިއީ އެގްރިކަލްޗަރ މިނިސްޓްރީއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާ ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް(މެޕް) ގެ ދަށުން ފެށި ޕްރިގަރާމެކެވެ. މި ޕްރޮގްރާމް ހިންގާނީ 6 ނޮވެމްބަރު 2022 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ. މި ދަނޑުވެރިކަމުގެ ވިޔަފާރި ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެއް ވަނީ ށ.ކަނޑިތީމާއި ހއ. ވަށަފަރުގައި ފަށާފައެވެ. މި ދެރަށުގެ ތަމްރީނުތައް ނިމުމާއެކު މިމަހުގެ 18 ގައި ށ. ފޭދޫ އަދި ހއ. މުރައިދޫގެ ދަނޑުވެރިންނަށް ވަނީ މިފަދަ ޓްރޭނިންގެއް ތާވަލު ކުރެވިފައެވެ.

މެޕް ޕްރޮގްރާމްގެ ދަށުން މިފަދަ ތަމްރީމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މަޝްރޫޢު އަމާޒްކުރެވޭ 3 އަތޮޅު ކަމުގައިވާ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރީގައި މަސައްކަތްކުރާ ފަރާތްތަކާއި އެކަމަށް ސައުގުވެރިކަން ހުރި ފަރާތް ތަކަށެވެ. 5 އަހަރު މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން މި 3 އަތޮޅުގެ ރަށްރަށުގައި ދަނޑުވެރިންނަށް ބޭނުންވާނެ އެކި ފެންވަރުގެ ތަމްރީނުތައް ހިންގަމުން ގެންދާނެއެވެ.

މިހާރު ފެށިގެން ކުރިޔަށްގެންދާ ތަމްރީންތަކުގައި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަމުގެ މަސައްކަތްތައް ފަށަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ މައުލޫމާތުތަކާއި މިހާރުވެސް ދަނޑުވެރިކަން ކުރަމުން ގެންދާ ފަރާތްތަކަށްކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށް ދެވޭނެއެވެ. މީގެ އިތުރު ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ޒަމާނީ ވަޞީލަތްތަކުގެ މައުލޫމާތާއި ހުނަރުތައް ދަނޑުވެރިންނަށް ދަސްކޮށްދިނުންވެސް މިތަމްރީންގައި ހިމެނިފައިވެއެވެ.

ހއ. ވަށަފަރާއި ށ. ކަނޑީތީމުގައި ކުރިޔަށް ގެންދެވޭ ތަމްރީންގައި ދެ ރަށުން ޖުމްލަ 37 މީހަކު ބައިވެރިވެފައިވާއިރު އޭގެ ތެރެއިން %51 އަކީ އަންހެނުންނެވެ.

ތަމްރީނު ޕްރޮގްރާމް ހިންގުމުގެ އިތުރުން ދަނޑުވެރިކަމުގެ އައު ޓެކްނޮލޮޖީތަކަށް ދަނޑުވެރިން އަހުލުވެރި ކުރުމަށްޓަކައި ހއ. ހދ. އަދި ށ. އަތޮޅުން ޚިޔާރުކޮށްފައިވާ 6 ރަށެއްގައި ނަމޫނާ ދެއްކުމުގެ މަސައްކަތްތަކެއް ފެށުމަށްވެސް މަޝްރޫޢުގެ ދަށުން މިހާރުދަނީ ތައްޔާރު ވަމުންނެވެ.

ތަމްރީން ޕްރޮގްރާމްތައް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރައްވާ ފަރާތްތަކަށް ޕްރޮގްރާމް ނިމުމުން ހަނދާނީ ލިޔުން ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ