މިއީ އަދާލަތު ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސް، ޕީޕީއެމްއަށް ސޮއިކޮށްފި

މިއީ އަދާލަތު ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސް، ޕީޕީއެމްއަށް ސޮއިކޮށްފި

Author
ޢަލީ އާދަމް
11 ނޮވެމްބަރ 2022 08:50
0

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައީސް އިނާޒް މުހައްމަދު އިބްރާހިމް އިދިކޮޅު ޕީޕިއެމްއާ ގުޅިވަޑައިގެންފިއެވެ. އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ މިހާރު އައްޑޫސިޓީއަށް ވަޑައިގެން އުޅުއްވާ ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓޫ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޙާޒިރުގައެވެ.

އިނާޒަކީ އައްޑޫ ސިޓީގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ފަޒާ މުހައްމަދު އިބްރާހިމްގެ ދަރިކަލުންނެވެ.

އިނާޒަކީ ޒިންމާދާރު ތަޢުލީމީ ޒުވާނެއްކަމަށާ، އޭނާ ޕީޕީއެމްއާ ގުޅުމަކީ އެޕާޓީއަށް ރާއްޖޭގެ ޒުވާނުންގެ ތާޢީދާއި ސަޕޯޓު އިތުރުވެގެންދާކަމުގެ ހެއްކެއްކަމަށް ޕީޕީއެމްއިން ދެކެއެވެ. އެކައުންޓިންގެ ދާއިރާއިން މަތީތަޢުލީމު ހާސިލުކުރައްވާފައިވާ އިނާޒަކީ މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)ގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއްކަން ޕީޕީއެމްއިން ފާހަގަކުރެއެވެ.

ރައީސް ޔާމީން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެސިޓީން ގިނަބަޔަކު ޕީޕީއެމްއާ ގުޅެމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ޔާމީނަށް މަރުޙަބާ ދެންނެވުމަށް އައްޑޫސިޓީން އާދަޔާޚިލާފަށް ގިނަބަޔަކު އެއްވިއެވެ. މިދަތުރުފުޅުގައި އެމްޑީޕީއަށް ނިސްބަތްވާ އައްޑޫގެ މަޝްހޫރު ބޭބޭފުޅުންގެ ޢާއިލާތަކުގެ މީހުން ޕީޕީއެމްއާ ގުޅިފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފްގެ މަންމަ އާއި އެއާއިލާގެ 6 މެންބަރަކާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލްގެ ކޮށްކޮ ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.