އެމްޑީޕީ އޮފީހަށް ވަތް ފުރަތަމަ ދުވަހުވެސް މޫސައަށް ރޮވިއްޖެ

އެމްޑީޕީ އޮފީހަށް ވަތް ފުރަތަމަ ދުވަހުވެސް މޫސައަށް ރޮވިއްޖެ

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2022 08:54
0

ގިނަ ދުވަސްތަކަކަށްވެސް އެމްޑީޕީ އާއި ގުޅިވަޑައިގެން މިއަދު އެޕާޓީގެ އޮފީހަށް ވަނުމަށްފަހު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކަށް ރޮވިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ގިނަ އަހަރުތަކެއް ވަންދެން އަދާކުރައްވާފައިވާ ރީކޯ މޫސަ މަނިކު އަލުން އެމްޑީޕީއަށް ސޮއިކޮށް، ފޯމް ޙަވާލުކޮށްފައިވަނީ މުލިއާގޭގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

މޫސަ އަލުން އެޕާޓީއާއި ގުޅިވަޑައިގަތުމަށްފަހު މިއަދު އެއޮފީހަށް ވަދެ އިދާރީ ކަންކަން ހުރިގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި އޭނާ ވަނީ ކުރީގެ ހަނދާންތަކާއިއެކު ޕާޓީ އޮފީސް މިހާރު އޮތްގޮތް ފެނުމުން ރޮވިފައެވެ. އޭނާ ރޯމަންޒަރު ފެންނަ ވީޑިއޯވެސް އެވަގުތު އެމްޑީޕީ އޮފީހުގައި ތިއްބެވި އެޕާޓީގެ މެމްބަރު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އިއްޔެ މޫސަ ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލްއާއި ހާރިޖީ ވަޒީރު ޝާހިދުއާއި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި އެމްޑީޕީގެ ޕަލިމަންޓްރީ ގްރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި ސިޔާސީ މަަސައްކަތުގައި ރާއްޖޭގައި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ ރައީސް ނަޝީދުގެ ލީޑަރޝިޕްގައި 2016 ވަނަ އަހަރުއެވެ. އޭނާ ވަނީ އިދިކޮޅު ޕީޕީއެމްގައި ރައީސް ޔާމީނާއިއެކުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހިޖުރަ
ފަތިސް ހަނދުވަރު ކުޅުނީ ވެސް ރީކޯ މޫސަ ލައްވާ