ދަރިފުޅު ފުރަތަމަ އުރާލުމާއި އެކު ރަންބީރަށް ރޮވުނު

ދަރިފުޅު ފުރަތަމަ އުރާލުމާއި އެކު ރަންބީރަށް ރޮވުނު

Author
ފާތިމަތު ނާވީ
11 ނޮވެމްބަރ 2022 12:23
0

ބޮލީވުޑްގެ އެންމެ ނަންހިނގާ ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް އެމީހުންގެ އަލަތު ދަރިފުޅު ލިބުން ކަން އިއުލާން ކޮށްފައިވަނީ މީގެ ދެދުވަސް ކުރިންނެވެ.

މިއަހަރުގެ އެޕްރިލް މަހުގައި ކައިވެނި ކުރި އާލިއާ އާއި ރަންބީރަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކުރީ ކައިވެންޏަށް ދެމަހުގައިއެވެ. އަދި ކައިވެންޏަށް 7 މަހުގައި އެމީހުން ވަނީ އަލަތު ދަރިފުޅު ލިބުން ކަން އިއުލާން ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ދަރިއަކު ފުރަތަމަ ފަހަރަށް އުރާލަން ލިބުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން ރަންބީރަށް ހިފެހެއްޓުމެއް ނެތި ރޮވުނުކަމަށް އާއިލާގެ ގާތް މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދީފައި ވެއެވެ.

މީ ރަންބީރު އަދި އާލިއާގެ ވެސް އަލަތު ދަރިފުޅެވެ. އެމީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. އާލިއާ އާއި ދަރިފުޅު އަދިވެސް އޮތީ ހޮސްޕިޓަލުގައިއެވެ. ނަމަވެސް ދެމައިގެން ހާލުވެސް ރަނގަޅެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް އެމީހުން ދޫކޮށްލާނެއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އާލިއާ އާއި ރަންބީރުގެ ޖޯޑަކީ ގިނަ ބަޔަކު މިސާލަކަށް ބަލާ ވަރަށް ލޯބި ޖޯޑެކެވެ. މިހާރު އެންމެން ވެސް ކެތް މަދުވެފައި ތިބީ އެކުއްޖާގެ މޫނު ދެކިލުމަށެވެ. ނަމަވެސް އާންމުކޮން ސެލެބްރިޓީން ނަކީ އެމީހުންނަށް ލިބޭ ދަރިން 'ފޮރުވައިގެން' އުޅޭ ބައެކެވެ.

މަސައްކަތަށް ބަލާއިރުގައި އާލިއާ އާއި ރަންބީރު އެކުގައި ކުޅުނު އަލަތު ފިލްމް ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު އަދި ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް މުގުރާލި ފިލްމް އަކަށެވެ. ދަރިފުޅު ލިބުމާއި އެކުގައި ދެމިހުން ބޮޑޫ ޗުއްޓީއެއް ނަގާނެކަމަށްވެއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.