ރީކޯ މޫސަ އެމްޑީޕީއަށް ސޮއިކޮށްފި

ރީކޯ މޫސަ އެމްޑީޕީއަށް ސޮއިކޮށްފި

ގުޅުންހުރި

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

މޫސަ އެމްޑީޕީއަށް ސޮއިކޮށްފައިވަނީ އެޕާޓީގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ބަހުސް ބޮޑެވެ، ރައީސް ޞާލިހަށް ތާއީދު ނުކުރާނެކަން މިއަދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. މޫސައަކީ އެމްޑީޕީ ގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށްފަހު ރައީސް ނަޝީދާއި އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގައި ޕާޓީން ވަކިކުރި މެމްބަރެކެވެ.

ރީކޯ އެމްޑީޕީއަށް ގުޅިވަަޑައިގަތުމަށްފަހު ފޯމު ހަވާލުކުރައްވައިފައި ވަނީ މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއެވެ. އެ ފޯމް ހަވާލުކުރި ވަގުތުގެ ފޮޓޯއެއް އެމްޑީޕީއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އިރު އެ ފޮޓޯއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ފެނެއެވެ. އަދި ފޮރިން މިނިސްޓަރ ޝާހިދުވެސް ހުންނެވިތައް ފެނެއެވެ.

މޫސަވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ރައީސް ނަޝީދާއިއެކު އެމްޑީޕީއަށް ކުރިއަށް ނުދާނެކަން ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މޫސަ އެމްޑީޕީއަށް ސޮއިކުރިއިރު އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ.

ސިޔާސީ ގޮތުން މޫސަ އެމްޑީޕީ ފިޔަވައި މަސައްކަތް ކޮށްފައިވަނީ އެޕާޓީއާއި އެންމެ ވާދަވެރި ޕީޕީއެމްއާއި އެކުގައެވެ. ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޔާމީނަށް ތާއީދުކޮށް، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްވެސް މޫސަ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ރައީސް ޞާލިހު އިންތިޚާބުވުމަށްފަހު މޫސަ ގެންދަވަނީ ރައީސް ޞާލިހަށް ތާއީދު އެމްޑީޕީއާއިއެކުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވަމުންނެވެ.

މޫސަ އެމްޑީޕީއާއި ގުޅުނުއިރު، ރައީސް ޞާލިހާއި ރައީސް ނަޝީދައި ދެމެދު އޮތް ސިޔާސީ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ޚާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމުގައި ދެރައީސުންގެ ޚިޔާލު ވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ.

ތަފްސީލް އަންނަނީ..

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ