"އާރޯ"ގެ ނަމުގައި އެމްޑަބްލިއުއެސްސީން ބިއްލޫރިފުޅީގައި ފެން ބަންދުކޮށްގެން ނެރެންފަށައިފިއެވެ.
ރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ "އާރޯ" ބްރޭންޑުގެ ފެން ތައާރަފުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއެވެ.
މިއުފެއްދުމަކީ މިސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެއްފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ޕްލާސްޓިކް މަދުކުރުމަށް ބާރުއެޅުމުގެގޮތުން ތަޢާރަފްކުރި އުފެއްދުމެއްކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. "އާރޯ" ބްރޭންޑްގެ ފެން ބާޒާރަށް ނެރެން އެކުންފުނިން ނިންމާފައިވަނީ ސިލްސިލާގޮތެއްގައެވެ. މިއިން ކޮންމެ ސިލްސިލާއެއްގެ ފުޅިތަކުގެ ބޭރުގައި ހުންނަ ލޭބަލަކީ ރާއްޖެ ތަމްސީލްކުރާގޮތަށް ޑިޒައިންކޮށްފައިވާނެ ލޭބަލެއްކަމަށް އެކުންފުނިން ބުނެއެވެ. މި ބްރޭންޑަށް ކިޔަނީ "މޯލްޑިވްސް އިން އަ ބޮޓަލް"ކަމަށް އެކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ