ކެޓްރީނާގެ ގެގައި ހުރި އެންމެ އަގުބޮޑު އެއްޗަކީ…؟

ކެޓްރީނާގެ ގެގައި ހުރި އެންމެ އަގުބޮޑު އެއްޗަކީ…؟

Author
ފާތިމަތު ނާވީ
06 ނޮވެމްބަރ 2022 08:46
0

ބަތަލާ ކެޓްރީނާ ކައިފްގެ އެންމެ ފަހުގެ ފިލްްމް ފޯން ބޫތް ވަނީ މިދިއަ ހުކުރު ދުވަހުގައި ރިލީޒް ކޮށްފައިއެވެ. މި ފިލްމް އަކީ ކެޓްރީނާ ޑަބަލްރޯލު ފެނިގެން ދިއަ ފިލްމއެކެވެ. ފިލްމްގައި ކެޓަރީނާގެ އިތުރުން ޒުވާން ދެ އެކްޓަރުން ކަމުގައިވާ އިޝާން ކައްޓަރު އަދި ސިދާންތް ޗަކްރުވޭދޭ މުހިންމު ރޯލަކުން ފެނިގެން ދެއެވެ.

މި ފަހުން އިންސްތަގްރާމްގައި ލައިވް ސެޝަން އެއް ކުރިއަށް ގެންގޮސްފައިއެވެ. އަދި މި ސެޝަންގައި ފެނުން ކުރި ސުވާލު ތަކަށް ކެތްރީނާ ވަނީ ޖަވާބު ދީފައިއެވެ. އެގޮތުން ފޭނަކު ވަނީ އޭނާގެ ގޭގައި ވާ އެންމެ އަގުބޮޑު ނުވަތަ ޕްރިޝިއަސް އެއްޗަކީ ކޮބައިތޯ އަހައިފައިއެވެ.

އެއާއި އެކު ކެޓްރީނާ ވަނީ އެއީ އޭނާ ގެ ފިރިމީހާ އެކޓްރު ވިކީ ކޯޝަލް ކަމަށް ބުނެފައިއެވެ. ކެޓްރީނާ އާއި ވިކީ އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑެވެ. އެމީހުންނަކީ ކަޕުލް ގޯލްސް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކެޓްރީނާ އާއި ވިކީ ކަިއވެނި ކުރީ 2021 ވަނަ އަހަރުގައިއެވެ. 39 އަހަރުގެ ބަތަލާ ކުރިއަށް ހުރި ހުރި ފިލްމް ތަކުގައި ތެރޭގައި "ޓައިގާ 3″ އާއި "މެރީ ކްރިސްމަސް" ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.