"ޕަޓާން"ގެ ސީކުއެލްއެއް ހަދަނީ

"ޕަޓާން"ގެ ސީކުއެލްއެއް ހަދަނީ

Author
ފާތިމަތު ނާވީ
07 ނޮވެމްބަރ 2022 06:01
0

5 އަހަރު ފަހުން ބޮލީވުޑްގެ ސްޕަރސްޓަރ ޝާހުރުކް ޚާން އެނބުރި އަންނަ ފިލްމު "ޕަޓާން" ގެ ސީކުއަލް އެއް ހަދާނެ ކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.

ޝާހުގެ 57 ވަނަ އުފަންދުވަސް މިދިއަ ބުދަދުވަހު ފާހަގަ ކުރުމަށް ފޭނުންތަކަކާއެކު މުމްބާއީގައި ބޭއްވި އިވެންޓެއްގައި ޝާހްރުކް ބުނީ "ޕަތާން"ގެ ދެވަނަ ބައެއް ހަދަން ހިތްވަރު ދިނުމުގެ ހުރިހާ ބާރެއް އޮތީ ފޭނުންގެ އަތްމަތީގައި ކަމަށެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ފިލްމުގެ ޓީޒާއެއްވެސް މިހާރު ބެލުންތެރިނަށް ދޫކޮށްލާފައިވާ އިރު، ފިލްމު އަންނަ ޖަނަވަރީ ގައި ސިނަމާތަކަށް ގެނައުމަށް ވަނީ ތާވަލް ކޮށްފައެވެ. މި ފިލްމުގައި ޝާހު އާއި އެކުގައި ފެނިގެންދާނީ ދީޕިކާ ޕަޑުކޯންއެވެ. އަދި މުހިންމު ރޯލަކުން ޖޯން އަބްރަހަމް ވެސް ފެނިގެންދާނެވެ.

މި ފިލްްމަކީ ސިދާތު އާނަންދު ޑައިރެކްޓްކޮށް، އަދިއްތިޔާ ޗޯޕްރާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ޔަޝް ރާޖް ފިލްމްސް އިން ގެނެސްދޭ މި އެކްޝަން ތްރިއްލާ 3 ބަހަކުން ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޓެމިލް، ޓެލުގޫ އަދި ހިންދީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.