"ޕަޓާން" އަށް ތައްޔާރު ވުމަށް ޖިމް ޓިޕްސް ދިން ތަރިންނަށް ޝާހުގެ ޝުކުރު!

"ޕަޓާން" އަށް ތައްޔާރު ވުމަށް ޖިމް ޓިޕްސް ދިން ތަރިންނަށް ޝާހުގެ ޝުކުރު!

Author
ފާތިމަތު ނާވީ
07 ނޮވެމްބަރ 2022 05:39
0

2018 ވަނަ އަހަރުގެ ފްލޮޕް ފިލްްމް "ޒީރޯ" އަށް ފަހު ބޮލީވުޑްގެ ސުޕަރސްޓަރ ޝާހުރުކް ޚާން އެނބުރި ސްކްރީނަށް އަންނަ ފިލްމު "ޕަޓާން" ގައި އޭނާ ފެނިގެންދަނީ ވަރަށް ތަފާތު ގޮތަކަށެވެ.

އެގޮތުން ޝާހުގެ ހަށިގަނޑަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭނާ ވަނީ މި ފިލްމު ޕްރޮމޯޓް ކުރުމަށް މީގެ ކުރިން ޝާޓްލެސް ދެ ފޮޓޯވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

އޭނާގެ ކަސްރަތީ ހަށިގަނޑު ވަރަށް ބޮޑަށް އެނގޭނެ ހެން ނަގާފައިވާ މި ފޮޓޯ ދޫކޮށްލުމާ އެކުގައި ސަޕޯޓަރުން ވަނީ ތައުރީފް އޮއްސާލައިފައެވެ. މިއީ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާކަމަށް ޝާހު ވަނީ ބުނެފައެވެ.

އޭނާގެ ހަށިގަނޑަށް މިފަދަ ބަދަލެއް ގެންނަށް ގިނަ ބައެއްގެ އިރުޝާދު ހޯދި ކަމަށާއި އެ އެންމެންނަށް ޝުކުރު އަދާކުރާކަމަށް ދާދި ފަހުން މީޑިއާ އާއި ވާހަކަދައްކަމުން ޝާހު ވަނީ ބުނެފައެވެ.

އެގޮތުން އޭނާ ވަނީ ސަލްމާން ޚާނާއި ރިތިކް ރޯޝަންގެ އިތުރުން ޓައިގާ ޝްރޯފަށް، އޭނާ އަށް ދިން ޖިމް ޓިޕްސްތަކަށް ޝުކުރު އަދާކޮށްފައެވެ. ޝާހް ބުނީ ޖިމްގައި ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށާއި ޖިމް ޓިޕްސް ދިން މީހުންގެ އިރުޝާދުގެ ދަށުން ބޭނުންވާފަދަ ހަށިގަނޑެއް ހާސިލު ކުރެވިއްޖެ ކަމަށެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

"ޕަޓާން" ގައި ޝާހުގެ އިތުރުން ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.