ސަލްޓަން ޕާކް 8 މަސް ފަހުން އާންމުކޮށް ހުޅުވާލައިފި

ސަލްޓަން ޕާކް 8 މަސް ފަހުން އާންމުކޮށް ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
21 ނޮވެމްބަރ 2020 04:44
0

ކޯވިޑް-19 އާ ގުޅިގެން ސަލްޓަން ޕާކް ބަންދުކޮށްފައި ހުންނަތާ 8 މަސްފަހުން އެތަން ޢާންމުކޮށް ހުޅުވައިފިއެވެ.

ސަލްޓަން ޕާކް ހުޅުވިފައި ހުންނާނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ފަތިހު 04:30 އިން ހެނދުނު 09:00 އަކަށް ކަމަށާއި، ހަވީރު -04:30 އިން ރޭގަނޑު 09:00 އަކަށް ކަމަށެވެ. އަދި ޕާކް ބޭނުންކުރާމީހުން މާސް އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށްމާލޭސިޓީކައުންސިލުން އެދެއެވެ.

ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކޮށްފައި ވަނީ މާރޗްމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ކޯވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު ޕާކްތައް އަލުން ހުޅުވާއިރު އެތަންތަނަށް މާސްކުއަޅައިގެން ދިއުމާއި، ކޮންމެ ދުވަހަކު އެއްފަހަރު ސާފުކުރަންޖެހޭގޮތަށްވަނީ ކަނޑައަޅާފައެވެ.

ޕާކްތަކާއި މައިޒާންތައް ހުޅުވާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައިވާގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، ޢަތުގެ ސާފުތާހިރުކަން) ފަދަ ކަންކަން ޕާކު ނުވަތު މައިޒާނަށް ވަންނަ ދޮރު ކައިރީގައާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.