އީސީ ތެރޭގައި ކުރާ ޖިންސީ ފުރައްސާރައިގެ ވާހަކަ ދައްކާތީ ޝަރީފް ތަރަށް

އީސީ ތެރޭގައި ކުރާ ޖިންސީ ފުރައްސާރައިގެ ވާހަކަ ދައްކާތީ ޝަރީފް ތަރަށް

Author
މުޙައްމަދު ޝަޒައިމް
21 ނޮވެމްބަރ 2020 04:50
0

އިލެކްޝަން ކޮމިޝަންގެ ތެރޭގައި ޖިންސީ ފުރައްސާރަ ކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިލެކްޝަންގެ މުވައްޒިފުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ޚަބަރު ގެނެސްދޭތީ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަރަށް ބޮޑަށް ހިންހަމަ ނުޖެހިއްޖެއެވެ.

ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ފުލުފުލުގައި މިއަދު ކޮށްފައިވާ ޓްވީޓްތަކުގައި ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި މިޑީޔާތަކުން އިލެކްޝަން ކޮމިޝަން، ޚާއްސަކޮށް ކޮމިޝަންގެ ރައިސްގެ ފަރާތުން މައުލޫމާތު ނުހޯދައި ޚަބަރު ނުގެނެސް ދިނުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ. ޝަރީފް ވިދާޅުވީ އޮލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަހެއް ނުހޯދައި، އެ ކޮމިޝަނާ ގުޅޭ ވާހަކަ ފަތުރައި އެ ކޮމިޝަންގެ އަގުވައްޓާލަން މަސައްކަތް ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

ކުރީގެ އިސް މެމްބަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައާ ހެދި އެތަނުގެ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް، ކޮމިޝަނުގެ މެމްބަރަކާ ހަވާލާދެއްވައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރަކު ވިދާޅުވިކަމަށް ނޫހެއްގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން ޝަރީފް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ.

މިގޮތުން، އެ ކޮމިޝަންގެ ކަންކަން މިހާރު އިސްލާހު ކުރެވިފައިވާކަން މަޖިލީހުގެ ކޮމިޓީން ބުނެފައިވާއިރު، އެ މެންބަރު އެވާހަކަ ވިދާޅުނުވީ ކީއްވެތޯ ޝަރީފް ވަނީ ސުވާލުކުރައްވައިފަ އެވެ.

އީސީގެ ކުރީގެ ނައިބު ރައީސް އަކްރަމްގެ މައްޗަށް ތުހުމަތުކުރި މައްސަލައިގައި އެ ކޮމިޝަނުގެ ހަތް އަންހެން މުވައްޒަފަކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރި އެވެ. އަކްރަމްގެ ފަރާތުން އެ މީހުންނަށް ޖިންސީ ފުރައްސާރައިގެ އެކި އުނދަގޫތައް ކުރިމަތިވެ އެ ޝަކުވާތައް ކުރިއަސް އެ ތުހުމަތުތައް އޭނާ ދޮގު ކުރައްވަ އެވެ.

އިސްތިއުފާ ދެއްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި އަކްރަމް ވިދާޅުވީ، އެއީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.