މާލެ އަތޮޅު މާފުށިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިންވެސް އެބަލިން ރަނގަޅުވެއްޖެއެވެ.
މާފުށިން ރަށުން ކޯވިޑް-19 އަށް 5 ފަތުރުވެރިއަކު ޕޮޒިޓިވްވިއިރު، އޭގެތެރެއިން އެންމެ ފަހުން ފަތުރުވެރިއަކު ރަނގަޅުވެފައިވަނީ މިއަދުއެވެ. އަދި އޭނާ މިހާރު ދޫކޮށްލާފައިވާކަމަށް މާފުށީ ސިއްޙީ މަރުކަަޒުން ބުނެއެވެ. އެހެންކަމުން މިހާރު އެރަށުގައި ކޯވިޑް-19ގެ އެއްވެސް އެކްޓިވް ކޭސްއެއް ނުވަތަ ބަލިޖެހިފައިވާ މީހަކު ނެތްކަމަށް މާފުށީ ސިއްޙި މަރުކަޒުން ބުނެއެވެ.
މާފުސީން 5 ފަތުރުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވިއިރު، އެރަށަކީ ރާއްޖޭޣައި ފަތުރުވެރިކަމުގެ ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅަކޮށް ކުރަމުން އަންނަ އެއްރަށެވެ. އެރަށުން 5 ފަތުރުވެރިއަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެއާއެކު އެރަށުން 85 ރޭންޑަމް ސާމްޕަލްތަކެއް ނަގާފައިވާއިރު، އެހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފައެވެ.
ރާއްޖޭގެ ބޯޑަރުތައް ޖުލައި 15 ގައި ހުޅުވިނަމަވެސް ގެސްޓްހައުސްތައް ހުޅުވަން ފުރުޞަތު ދީފައިވަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ދަށަށް ދިއުމަށްފަހު އަނެއްކާވެސް ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ.
ކޮމެންޓު ފޮނުވާ