މާފަންނު ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

މާފަންނު ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

Author
ޢަލީ އާދަމް
03 ނޮވެމްބަރ 2022 07:01
0

މާފަންނު ވިކްޓްރީ ހައުސް ގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލާފައިވާކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑިއެފަށް ލިބުނީ މިއަދު މެންދުރުފަހު 14:52 ހާއިރުކަމަށާ ލިބުމާއެކު ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް ރޯވެފައިހުރި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފެށިކަން އެމްއެންޑީއެފުން ފާހަގަކުރިއެވެ. ފަޔަރމަނުން ކުރި މަސައްކަތުން، އަލިފާން ނިއްވާލެވިފައި ވަނީ މިއަދު 15:10 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މިިހާދިސާގައި އަލިފާން ރޯވީ ވިކްޓްރީ ހައުސްގެ ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގެ އެއަރކޯންގެ އިންޑޯ ޔުނިޓެއްގައެވެ. މިގޮތުން އޭސީގައި ރޯވެ، އެ އަލިފާން ވަނީ ކޮޓަރިއަށް ފެތުރި ކޮޓަރިއަށް އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.