ޗާގޯސް މައްސަލާގައި މިސަރުކާރުގެ ނިންމުން ބޮލާލައި ޖަހާނަން: ޔާމީން

ޗާގޯސް މައްސަލާގައި މިސަރުކާރުގެ ނިންމުން ބޮލާލައި ޖަހާނަން: ޔާމީން

Author
ޢަލީ އާދަމް
02 ނޮވެމްބަރ 2022 01:37
0

ޗާގޯސް މައްސަލައިގައި މިހަރުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަށް އިޙްތިރާމް ނުކުރައްވާނެ ޚަމަށާ ވެރިކަމަށް ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ އެ ނިންމުން ބޮލާލައި ޖައްސަވާނެކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ޗާގޯސް މައްސަލާގައި މިހާރުގެ ސަރުކާރުން ޢަމަލުކުރާ ގޮތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

ޔާމީން މިރޭ ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް މިސަރުކާރުން މިމައްސަލާގައި ޢަމަލުކުރާ ގޮތް ޤަބޫލެއް ނުކުރެއްވޭނެކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ރައީސަށް ފޮނުއްވިކަމަށް ބުނާ ސިޓީފުޅާމެދު ޔާމީން ވަރަށްބޮޑަށް ސުވާލު އުފެއްދެވިއެވެ. އެމަނިކުފާނުވަނީ އެސިޓީފުޅަކީ މޮރިޝަސް ރުއްސަން އިންޑިއާ އަޑީގައި އޮވެގެން ކޮށްފައިވާ ޙީލަތްތެރި ޢަމަލެކެވެ.

"ﷲ ގެ ރަހްމަތާ އެކީގައި 2023 އަކީ ރައްޔިތުންގެ އަހަރެއް ކަމަށްވާ ނަމަ، އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ނަމަ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް މިހާރުގެ ސަރުކާރުން މި މައްސަލައިގައި ކޮށްގެން އުޅޭ ކަންތަކަށް އަޅުގަނޑު އިހްތިރާމެއް ނުކުރާނަން. އެކަން އަނބުރާ ޖަހާނަން." ޔާމީން ވިދާޅުވިއެވެ.

އަލުން ވެރިކަމަށް ވަޑައިގަނެވިއްޖެނަމަ، މި ސަރުކާރުން ގާނޫނާ ހިލާފަށް ކުރާ ކަންތައްތަކަށް އިހްތިރާމެއް ނުކުރައްވާނެކަމަށާ، އެފަދަ އެއްބަސްވުންތައްވެސް އެފުއްމިފުށަށް ޖައްސަވާނެކަމަށް ޔާމީން ވިދާޅުވާ ވާހަކަފުޅު މިރޭވެސް ތަކުރާރުކުރެއްވިއެވެ.

ޗާގޯސް މައްސަލައިގައި މި ސަރުކާރާއި ސަރުކާރުގެ މިޢަމަލަށް ތާޢީދުކުރި މީހުން ވަނީ އެންމެ މަތީ ދަރަޖައަށް މިޤައުމަށް ޣައްދާރުވެފައިކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒު ކުރުމަށް ސިޔާސީ ޕާޓީތައް ބައިވެރި ކުރުމަށް އެދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިިފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.