އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުނަތެރިއާ އަދި އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ މަޑުކޮށްގެން ހުރި ހޮޓެލް ގެ ކޮޓަރިއަށް ސަޕޯޓަރަކު ވަދެ ވީޑިއޯ ކުރުމުން އޭނާގެ އަންހެނުން ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ ނުރުހުން ފާޅުކޮށްފި އެވެ.
އޮސްޓްރޭލިއާގައި ޓީ20 ވޯލްޑް ކަޕް ކުޅުމަށް އެގަމުގައި ހުރި ވިރާޓްގެ ކޮޓަރިއަށް ސަޕޯޓަރަކު ވަދެ ވަނީ އެކޮޓަރި ވީޑިއޯކޮށްފައިއެވެ. އަދި އެވީޑިއޯ ވަނީ އިންޓަނެޓްގައި ވައިރަލްވެސް ވެފައިއެވެ.
ވިރާޓް ބޭނުން ކުރާ ހުރިހާ ސާމާނެއްގެ އިތުރުން ކޮޓަރިވެސް ވީޑީއޯ ކޮށް ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ. ނަމަވެސް އެމީހާ އެ ކޮތަރިއަށް ވަތް އިރުގައި ވިރާޓެއް ނެތެވެ.
އެމީހާގެ ވީޑީއޯ އާންމު ވުމާއި އެކުގައި އަނުޝްކާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިއެވެ. ސޯޝަލް މީޑީއާގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނި މިފަދަ ކަންކަމަކީ ބަލައި ގަނެވޭނެ ކަންކަން ނޫން ކަމަށެވެ.
އޭގެ އިރުތުން އޭނާ ބުނެފައިވަނީ ފޭނުންގެ މިކަހަލަ ބައެއް ކަންތަށްތަށް ކުރިމަރިވެފައި ވާކަމަށާއި އެކަމަކު މިފަހަރު ސަޕޯޓަރަކު އެފަދަކަމެއް ކުރުމަކީ ހައްދު ފަހަނަ އެޅުން ކަމަށެވެ. އަދި އެހެން މީހުންގެ ޕްރައިވެސީ އަށް އިހުރިތާމް ކުރުމަށާއި މިފަހަރު ސަޕޯޓަރު ކުރި އެކަންތަކީ ބޮޑު ވަރު ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ސެލެބްރިޓީންނަކީވެސް އިންސާނުން ކަމަށާއި ހަމަ އެމީހުންގެ އަމިއްލަ ދިރިއުޅުމެއް އޮންނަ ކަމަށްބުނެފައިވެވެ. ސެލެބްރިޓީން ވީމާ ބޭނުންހާ ކަމެއް ކުރުން އެއީ ނާ ޒަހުޒީބް ކަމެއް ކަމަށްވެސް ވަނީ ބުނެފައިއެވެ. އަދި ތިމާގެ ކޮޓަރިއަށް އެގޮތަށް މީހަކު ވަދެފި ނަމަ ވާނީ ކިހިނެތޯ ވެސް ވަނީ ސުވާލު އުފައަދައިފައިއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ވިރާޓް ބުނީ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ހާދިސާގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް ބިރުން ކަމަށެވެ. އަމިއްލަ ރައްކާތެރި ކަމަށް ބިރުގަނެފައިވާ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އޭނާ ވަނީ ބުނެފައިއެވެ.
އަނުޝްކާ އާއި ވިރާޓް ކައިވެނި ކުރީ 2017 ވަނަ އަހަރުގައިއެވެ. އެމީހުންނަށް ވަނީ މިދިއަ އަަހރުގެ ޖެނުއަރީގައި އަލަތު ދަރިފުޅު ލިބިފައިއެވެ. އަނުޝްކާގެ ދަރިފުޅު ވަމިކާ ލިބުން ފަހުން އަދި އޭނާ ފިލްމް އަކުން ފެނިގެން ގޮސްފައިއެއް ނުވެއެވެ. އެންމެ ފަހުން 34 އަހަރުގެ ބަތަލާ ފެނިގެންދިއައީ 2018 ވަނަ އަހރުގެ ފްލޮޕް ފިލްމް "ޒީރޯ" އިންނެވެ. މި ފިލްމްގައި އަނުޝްކާ އާއި އެކުގައި ފެނިގެން ދިއައީ ޝާހުރުކް ހާންއާއި ކެޓްރީނާ ކައިފްއެވެ.