އަލަމްގީރް ކޭސް: ކަސްޓަމްސްގެ މުވައްޒަފަކު ޖަލަށް

އަލަމްގީރް ކޭސް: ކަސްޓަމްސްގެ މުވައްޒަފަކު ޖަލަށް

Author
މުޙައްމަދު ޝަޒައިމް
30 އޮކްޓޯބަރ 2022 08:02
0

ބަންގްލަދޭޝް މީހެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުލަތުން ދައުވާކުރި ކަސްޓަމްސްގެ މުވައްޒަފަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިފަހަރު ހުކުމްކޮށްފައި ވަނީ މަހުމޫދު ރިޔާޒް ކިޔާ މީހެއްގެ މައްޗަށެވެ. މަހުމޫދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ޝަރީއަތުގައި ކުށަށް އިއުތިރާފްވުމުންނެވެ. ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މަހުމޫދު ރިޔާޒްގެ މައްޗަށް ހަ މަހާއި 20 ދުވަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމް ކުރެވެން އޮތް ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަދަބުގެ ބޮޑު ބައި ގޭބަންދަށް ބަދަލުކުރުމަށެވެ.

އޭނާ ޖަލު ހުކުމެއްގެ ގޮތުގައި ތަންފީޒުކުރަން ޖެހޭނީ ތިން މަހާއި 10 ދުވަހެވެ. އަދި ގޭބަންދުގައި ތަންފީޒު ކުރަން ޖެހޭނީ ހަ މަހާއި 20 ދުވަސް ކަމަށް ހުކުމުގައިވެއެވެ.

ކަސްޓަމުން ހާމަކޮށްފައިވާ ގޮތުގާ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލައިގައި އެ މުއައްސާސަގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ސަސްޕެންޑުކުރެވުނެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ދައުލަތުގެ އިތުބާރު ހުުރި މުއައްސަސާތަކުގައި މަސައްކަތްކުުރާ ގިނަ މުވައްޒަފުންތަކެއް ހިމެނެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް މިހާތަނަށް ހުކުމްކޮށްފައިވާއިރު، އެމީހުންގެ މައްޗަށް ކުުރަމުންދާ ހުކުމްތަކަކީ އެ ކުށާ އަޅާ ބަލާއިރު ކުދި ހުކުމްތަކެއް ކަން ފާހަގަކޮށް ގިނަ ރައްޔިތުންތަކެއް ވަނީ ކަންބޮޑުވުން ފާޅުުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.