ހަތަރު އަހަރު ފުރެންދާއިރު، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް

ހަތަރު އަހަރު ފުރެންދާއިރު، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް

ސަރުކާރަށް ހަތަރު އަހަރު ފެރެމުންދާއިރު، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022″ ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް މިސަރުކާރުން ކުރެއްވި މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މިނިވަން މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަޙުޤީޤަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލައި، އެފަދަ މައްސަލަތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަޅުގަނޑު މި ދެންނެވި އެއްވެސް ކަމަކަށް އަދި ކުރާ ތަޙުޤީޤަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ މާޙައުލެއް އަޅުގަނޑުމެން ވާނީ ތިޔަބޭފުޅުންނަށް ފޯރުކޮށްދީފައި.

– ރައީސް ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މިސަރުކާރަށް 4 އަހަރު ފުރެންދާއިރު، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް، ބައިނަލްއަޤުވާމީ މުޖްތަމަޢުން މިއަދު ބަލައިގަންނަކަމަށެވެ. ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް، ފަރުވާ ބޭނުންވެފައިވާ އެންމެބޮޑު ބަލިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެބައްޔަށް އޮތް ޝިފާއަކީ، ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުން ކަމަށެވެ.

މި ސަރުކާރަށް ހަތަރު އަހަރު ފުރިގެންދާއިރު، އަޅުގަނޑު ދަންނަވާނީ ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެންނަށް ކޮންމެވެސް މަސައްކަތްތަކެއް ކުރެވިއްޖެއޭ. އެހެންނަމަވެސް، ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި މި މަހާސިންތާ އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަނެ، ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ނިޒާމް ބައްޓަން ކުރުމުގެ މައްޗަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވުމީ، މި މަހާސިންތާގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން މި މަހާސިންތާއިން ފުރޭނިގެން އަންނަ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ސަރުކާރުން މަރުޙަބާ ކިޔާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،

ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި، އަދިވެސް ހުރަސްތައް އެބަހުރި. ގޮންޖެހުންތައްވެސް މަދެއް ނޫން. އެހެންނަމަވެސް، މިކަމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ކުރިއެރުންތަކެއް ލިބޭކަންވެސް އަޅުގަނޑު ފާހަގަކުރަން.

– ރައީސް ވިދާޅުވިއެވެ.

"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022″، އަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުންނާއި، ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކޮބައިތައަދީބުު އަތުންނެގިކަމައްް ބުނާ37މިލިޔަންރުފިޔާއާާ މޮރިޝަސްއިންް ނެގިކަމައްބުނާާ އެތަސަތޭކަަ މިލިޔަންް ޑޮލަރުގެެ ވާހަކަަ އެއީީ ކޮރަޕްޝަނާް އެއްވެސްް ގުޅުމެއްް ހުންނަަ ކަމެއްތޯކޮރަޕްޝަނަކީީ ވަކިބަޔަކުު ވައްކަންކުރީމަަ އޮންނަކަމެއްތޯޯ މަތީމަގާމުތަކުގަަ އުޅޭމީހުންް ވީމާވަނީި ހަދިޔާއައްތޯޯ

Leave a Reply

Your email address will not be published. Required fields are marked *