މީގެ ކުރިންވެސް ދެފަރެއްގެ މަތިން ޕްރިމިއާކުރާ ތާރީހު ފަސްކޮށްފައިވާ ބޮލީވުޑްގެ ފިލްމު "ފައިޓާ" އަނެއްކާ ވެސް ފަސްކޮށްފިއެވެ.
މި ފިލްމަކީ ރިތިކް ރޯޝަނާއި ދީޕިކާ ޕަޑުކޯން އެކުގައި ފެނިގެންދާ އަލަތު ފިލްމެވެ.
ޑައިރެކްޓަރ ސިދާތު އާނަންދުގެ މި ފިލްމުގެ މުހިންމު ރޯލަކުން އަނިލް ކަޕޫރު ވެސް ފެނިގެން ދާނެއެވެ. ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ވެސް ސިދާތެވެ. ފިލްމު ގެނެސްދެނީ އޭނަގެ ފިލްމު ކުންފުނި މާފްލިކްސް ޕިކްޗާސް އާއި ވަޔަކޮމް 18 ގުޅިގެންނެވެ.
މި ފިލްމު އެންމެ ފުރަތަމަ އިއުލާންކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައި ރިލީޒްކުރާ ގޮތަށެވެ. އެފަހުން 2023 އަށް ފިލްމު ފަސްކުރިއެވެ. "ފައިޓާ" ގެ އާ ޕޯސްޓަރަކާ އެކީ ބުނީ ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި އޮތީ 2024ގެ ޖަނަވަރީ 25، ގައި ކަމަށެވެ.
މިއީ މިދެތަރިން ސްކްރީން ހިއްސާކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ އިންތިޒާރުގައި ސަޕޯޓަރުން ތިބިއިރު މި ފިލްމުގެ ޝޫޓިންގ މި އަހަރުގެ ތެރޭގައި ވަނީ ފަށާފައި ވެސް މެއެވެ.
ނަމަވެސް އަދި ޝޫޓިންގ ކުރިއަށް ގެންގޮސްފައިވަނީ ފިލްްމުގެ މަދު ބައެކެވެ. މިއަހަރުގެ ތެރޭގައި ފިލްމުގެ ޝޫޓިންގ ފެށިކަން ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައެވެ. ސިދާތުގެ އެންމެ ފަހުގެ ފިިލްމަކީ ރިތިކާއި ޓައިގާ ޝްރޮފްގެ 2019 ގެ "ވޯ" އެވެ.