ނުނިދިގެން އުޅޭ ބައެއް ރޭ ތަކުގައި ލަވަ ކިޔައިދޭން ބުނުމުން ވިކީ ލަވަ ކިޔައިދީގެން ނިންދަވައިލަ ދޭކަމަށް ބޮލިވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.
"ފޯން ބޫތް" ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ކެޓްރީނާ ބުނީ ވިކީ އަކީ ވަރަށް ރީއްޗަށް ލަވަ ކިޔާ މީހެއް ކަމަށެއެވެ. އަދި ހަމަ އެހެންމެ އޭނާ އަކީ ވަރަށް މޮޅު ނެށުންތެރިއެއް ކަމަށާއި އެސިފަތަކަކީ އޭނާ އަށް ވަރަށް ކަމުދާ ސިފަ ތަކެއް ކަމަށެވެ.
"ވިކީ އަކީ ވަރަށް ރީތި ކޮން ލަވަ ކިޔާ މީހެއް، އަހަރެން ވަރަށް އަޑުއަހާ ހިތްވޭ އޭނާ ލަވަ ކިޔާއިރުގައި. ވަރަށް މޮޅު ލަވަ ކިޔަން. ބައެއް ރޭރޭ ނުނިދިން ބުނަން ލަވައެއް ކިޔާދޭށޭ. އޭނާ ލަވަ ކީމާ ނިދޭ."
– ކެޓްރީނާ
ވިކީ އާއި ކެޓްރީނާ ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ގަ އެވެ. މި ދެމީހުންނަކީ ބޮލީވުޑްގައި ތިބި އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ އެއް ޖޯޑުވެސްމެއެވެ.
މީގެ ކުރިން ދިން އިންތަވިއު ތަކުގައި ކެޓްރީނާ ބުނެފައިވަނީ ދެމީހުން ކައިވެނި ކުރިފަހުން އެކުގައި ވަގުތު ހޭދަކުރެވޭލެއް ވަރަށް މަދު ކަމަށެވެ. އަދި މިހާރު އިހުސާސްވަނީ ދެ އެކްޓަރުން ކައިވެނި ކޮށްގެން އުޅޭހެން ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
އަދި ހަމަ އެހެންމެ ކައިވެންޏަކީ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އަންނަ ކަމެއް ކަމަށާއި އެމީހުންގެ ދިރިއުޅުމަށްވެސް ވަރަށް ބޮޑަށް ބަދަލު އައިސްފައިވާ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ވިކީ އަކީ ވަރަށް ރަނގަޅު ފިރިއެއް ކަމަށާއި ވިކީ އާއި ކައިވެނި ކުރުމަކީ ދިރިއުޅުމުގައި ނެގުނު އެންމެ ރަނގަޅު ޑިސިޝަން ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ކެޓްރީނާ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ފޯން ބޫތު" ގެ ޕްރޮމޯޝަންތަށް ކުރިއަށް ގެންދަމުންނެވެ. "ފޯން ބޫތު" އަކީ ހޮރޯ ކޮމެޑީއެކެވެ. މި ފިލްމްގައި ކެޓްރީނާ އާއި އެކުގައި ފެނިގެންދާނީ އިޝާން ޚައްޓަރު އާއި ސިދާތް ޗަތުރުވެދީއެވެ.
ވިކީ މިހާރު އަންނަނީ މެގްނާ ގުލްޒާރުގެ "ސޭމް ބަހާދޫރު" ގެ މަސައްކަތް ކުރަމުންނެވެ. ކެޓްރީނާގެ ކުރިއަށް އޮތް ފިލްްމަކީ "ފޯން ބޫތު" އެވެ. އެ ފިލްމު އަންނަ މަހުގެ 4 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ވަނި ތާވަލް ކޮށްފައެވެ.