ރެޑްވޭވް ގެ ހައިސެންސް ބްރޭންޑުގެ ޕްރޮޑަކްޓް ގަންނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ޕާރފެކްޓް މެޗް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.
މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމް، ފީފާ ވޯރލްޑްކަޕް ގަތަރު 2022ގެ ފައިނަލް މެޗް ބަލައިލުމަށް ދެ ޓިކެޓް ލުބުނު ނަސީބުވެރި ފަރާތަކީ މާނިހް (ކޫޕަން ނަމްބަރ: 0007157) އެވެ.
މިޕްރޮމޯޝަންގައި ހައިސެންސް ބްރޭންޑުން ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކޮށްފައެވެ. ޕްރޮމޯޝާންގައި ބައިވެރިކުރި އެތައްހާސް ކޫޕަންގެ ތެރެއިން ބޮޑު އިނާމު ލިބުނު ނަސީބުވެރިޔާގެ އިތުރުން 5 ފަރާތެއްވަނީ ހޮވާފައެވެ. މިއިން ކޮންމެ ފަރާތަކަށް ވެސް ހައިސެންސް ޓީވީއަކާއި އެކު ސަޕްރައިޒް އިނާމެއްގެ ގޮތުގައި ސައުންޑްބާއެއް ދިނުމަށް ރެޑްވޭވުން ވަނީ ކަނޑައަޅާފައެވެ.
މި ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރެޑްވޭވް މެގަމޯލް ގައެވެ. އަދި ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އިވެންޓުވަނީ ވަގުތުން ދައްކާފައިވެއެވެ.
ރެޑްވޭވުން މައުލޫމާތު ދިން ގޮތުގައި މިޕްރޮމޯޝަން ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ. އަދިވެސް ހައިސެންގެ ޕްރޮމޯޝަންތަކާއި އޮފާތަށް ވޯލްޑްކަޕް ނިމެންދެން ކުރިއަށް ދާނެކަމުގައި ރެޑްވޭވުން މައުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ