އެމެރިކާގެ ރައީސް ޓްރަމްޕްގެ ދޮށީ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޭއާރު ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އާއިލާގެ ފަރާތުން ހާމަ ކޮށްފިއެވެ.
"ޑޮން ވަނީ މިހަފްތާގެ ކުރީކޮޅު ކޯވިޑަށް ޕޮޒިޓިވް ވެފަ. މިހާރު ހުންނެވީ ގޭގައި ކަރަންޓީނުގައި". އާއިލާގެ ފަރާތުން ވާހަކަ ދެކެވި ސްޕޯކްސްޕާސް ވިދާޅުވިއެވެ. "އަދި އޭނާގެ ފަރާތުން މިހާތަނަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިަފއެއް ނެވޭ. އެހެންނަމަވެސް، ގެންދަވަނީ ކޯވިޑް19ގެ ކުރިހާ ގައިޑްލައިނަކަށް އަމަލް ކުރައްވަމުން".
ޑޮނަލް ޓަރަމްޕް ޖޭއާރް އަކީ ރައީސް ޓަރްމްޕްގެ ގާތް ބޭފުޅުންގެ ތެރެއިން އެންމެފަހުން ކޯވިޑަ19އަށް ޕޮޒިޓިވްވި ބޭފުޅާއެވެ. މީގެ ކުރިން، ޓްރަމްޕް އަބިކަބަލުން މެލާނިއާ ޓަރަމްޕާއި، އެންމެ ހަނގު ދަރިކަލުން ބެރޮން އަދި ޗީފް އޮފް ސްޓާފް މާރކް މެޑޯވްސް ވެސް ވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ފާއިތުވެދިޔަ މަސްތަކުގައި ޓްރަމްޕްގެ ކެމްޕޭންގެ އިސް އެތައް އޮފިޝަލަކާއި އަދި ވައިޓް ހައުސްގެވެސް އިސް އެތައް މުވައްޒިފަކުވެސް ވަނީ ކޯވިޑް19 އަށް ޕޮޒިޓިވެ ވެފައެވެ.
ފާއިތުވެދިޔަ ސަމާގައި ޑޮނަލްޑް ޓްރަމްޕް ޖޭއާރުގެ ލޯބިވެރިޔާ ކިމްބާލީ ގިލްފޯއިލީ ވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ދެބޭފުޅުންއެކީގައި ވަނީ ޓަރަމްޕަށް ކެމްޕޭނު ކޮށްދީފައެވެ.
ވައިޓް ހައުސްގަ މީގެކުރިން ބޭއްވުނު 'އިންޑޯ އިލެކްޝަން ނައިޓް ޕާޓިއަކަށް' އެއްވި250 މީހުންގެ ތެރޭގައި ޑޮނަލްޑް ޓްރަމަޕް ޖޭއާރުވެސް ހިމެނި ވަޑައިގަންނަވައެވެ. މިބޮޑު އެއްވުމަށް ހާޒިރުވި ހުރިހާ މީހުން ކަހަލަ ގޮތަކަށް ތިބީ މާސްކް އެޅުމެއް ނެތިއެވެ. މި ބައްދަލު ވުމަށްފަހު ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މާރކް މެޑޯވްސްއާއި އަދި ހައުސިން އެންޑް އާބަން ޑިވެލޮމަންޓް ސެކެޓްރީ ބެން ކާސަންއާއި އަދި ވައިޓް ހައުސްގެ ޕޮލިޓިކަލް އެފެއާޒް ޑިރެކްޓަރ ބްރިއަން ޖެކްވެސް ވަނީ ކޯވިޑަށް ޕޮޒިޓިވެ ވެފައެވެ.
ޑޮނަލްޑް ޓަރްމަޕް ޖޭއާރު ވަނީ ފާއިތުވެދިޔަ ތަނުގައި ކޯވިޑް19 އާއި ގުޅޭގޮތުން ރަގަޅު ނޫން އެތަކެއް މައުލޫމާތެއް ފަތުރާފައެވެ. ފާއިތުވެދިޔަ މަހު އެމެރިކާގެ ފޮކްސް ނިއުން އަށް ދިން އިންޓަވިވްއެއްގައި އޭނާ ވިދާޅުވެފައިވަނީ ކޯވިޑް19 މީހުން މަރުވަމުން ދިއުމަކީ މާބޮޑު ކަމެއް ނޫންކަމުގައެވެ.
ފާއިތުވެދިޔަ ސަމާގައި ކޯވިޑް19 އަށް ފަރުވާ ކުރުމަށް ބޭނުން ކުރަމުން އައި ބޭހެއް ކަމުގައިވާ ހައިޑްރޮކްސީކްލޮރިން އާއި ގުޅޭގޮތުން ހާމަކުރި މައުލޫމާތަކާއި ގުޅުންގެ އޭނާގެ ޓުވިޓަރ އެކައުންޓް ސަސްޕެންޑްވެސް ކޮށްފައި ވެއެވެ.