އިންޑިއާގައި ފާހަގަ ކުރާ އެންމެ ބޮޑު އެއް ފެސްޓިވަލް ކަމުގައިވާ ދިވާލީ ފާހަގަ ކުރަމުން ދާއިރު ފިލްމީ ތަރިންނަށް މިއީ ވަރަށް ވެސް ބޮޑު ފެސްޓިވަލެކެވެ.
ދިވާލީ އަކި ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހެވެ. އެދުވަހަށް ތައްޔާރު ވުމުގެ ގޮތުން ބޮލީވުޑްގެ ގިނަ ސެލެބްރިޓީން އަންނަނީ ޕާޓީ ބާއްވަމުންނެވެ. އަދި މި އުފަލުގައި އިންޑަސްޓްރީގެ އެކި ފަންތީގެ ތަރިން އަންނަނީ ބައިވެރި ވަމުންނެވެ.
އަދި ހަމަ އެހެންމެ ގޭގައި އެމީހުން ތަފާތު ހަފްލާތަށް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ބޮލީވުޑްގެ މެގަސްޓާރ އަމިތާބްގެ ބަންގުލޯ 'ޕްރަތިކްޝާ’ގައި ވަނީ އަޅުކަމުގެ ހަރަކާތެއް ބާއްވާފައެވެ.
އަމިތާބްގެ ގޭގައި އެ ކަން އޮތް ކަން އެނގުމާއި އެކުގައި އެކިއެކި ދިމަދިމާލުން ނޫސްވެރިން ވަނީ އެކަން ކަވަރު ކުރުމަށް އެގޭދޮށަށް އެއްވެފައެވެ. ނަމަވެސް އަމިތާބްގެ އަނބިމީހާ ކުރީގެ ބަތަލާ ޖާޔާ ބައްޗަން ވަނީ އެމީހުން އެތަނުން ފައްސައިލާފައެވެ.
މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން ޖާޔާ ވަނީ ނޫސްވެރިންނާއި ހިތްހަމަ ނުޖެހިގެން ކުރިމަތި ލައިފައެވެ. އަބަދު ވެސް ނޫސްވެރިނާއި އޭނާ ވާހަކަ ދައްކަނީ ރުޅި މޫނު ހަދައިގެންނެވެ.
މިކަމުގެ ސަބަބުން ނުސްވެރިން ޖަޔާގެ ޚަބަރުތައް ގެނެސްދޭން ދެކޮޅުހަދައެވެ. ޖާޔާ ބުނާގޮތުގައި އެފަދަ ޚަބަރުތައް ގެނެސްގެން އާމްދަނި ހޯދާ މީހުން ދެކެ އޭނާ ވަރަށް ބޮޑަށް ރުޅި އާދެއެވެ.
ނަމަވެސް ޖާޔާ އާއި ހިލާފް އަމިތާބަކީ އަބަދުވެސް ނޫސްވެރިންނާއި ގުޅުން އޮންނަ އެމީހުންނަ ކަމޭ ހިތާ މީހެކެވެ. ހަމަ އެފަދައިން އެމީހުންގެ ފިރިހެން ދަރިފުޅު އެކްޓަރ އަބިޝޭކް ބައްޗަން އަކީވެސް ބައްޕަ ފަދަ މީހެކެވެ. އަދި އެމީހުން ދަނބި ދަރިފުޅު ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ އަކީވެސް ނޫސްވެރިންނަށް ވަރަށް ގަދަރު ކުރާ ތަރިއެކެވެ.