އިނގިރޭސި އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ބޮޑުވަޒީރަކަށް ރިޝީ ސުނަކު އިންތިޚާބު ވެއްޖެ

އިނގިރޭސި އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ބޮޑުވަޒީރަކަށް ރިޝީ ސުނަކު އިންތިޚާބު ވެއްޖެ

އިނގިރޭސިވިލަތުގެ އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ބޮޑުވަޒީރަކަށް އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރު ރިޝޯ ސުނަކް އިންތިޚާބު ވެއްޖެއެވެ.

ރިޝީ ސުނަލް އިނގިރޭސުވިލާތު އައު ބޮޑުވަޒީރަކަށް އިންތިޚާބުބެފައިވަނީ، މީގެ 6 ހަފްތާކުރިން އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނު، ކުރީގެ ފޮރިން ސެކެޓްރީ ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ބޭއްވުނު ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރޝިޕް އިންތިޚަބުގައި އޭނާއާއި ވާދަކުރެއްވި ޕެނީ މޯޑަންޓު ނަން އަނބުރާ ގެންދެވުމާއި ގުޅިގެންނެވެ.

ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރޝިޕް އިންތިޚާބުގައި ދާދިފަހުން އިސްތިއިފާ ދެއްވި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވާދަކުރެއްވުމާމެދު ވިސްނަވާފަ ފަހުން ވަނީ އެ ވިސްނުން ދޫކޮށްލައްވާފައެވެ.

ރިޝީ ސުނަކްވަނީ އެންމެ ފަހުން ބޭއްވުނު ލީޑަރޝިޕް އިންތިޚާބުގައި ލޮޒް ޓްރަސްއާއިވެސް ވާދަ ކުރައްވާފައެވެ. އެހެންނަމަވެސް އެ އިންތިޚާބުގައި އޭނާއަށް ލިބުނީ ދެވަނައަށް އެންމެ ގިނަ ވޯޓެވެ.

އުމުރުން މިހާރު 46 އަހަރުގެ ރިޝީ ސުނަކް ވެވަޑައިގަންނަވާނީ ފާއިތުވެދިޔަ 200 އަހަރުގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ އެންމެ އުމުރުން ހަނގު ބޮޑުވަޒީރު ކަމުގައެވެ. އަދި އޭނާއަނީ އިނގިރޭސި ބޮޑުވަޒީރުކަން ހިންދޫ ދީނުގެ ފުރަތަމަ ބޭފުޅާވެސްމެއެވެ.

ސުނަކް އެންމެ ފުރަތަމަ އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލިހަށް އިންތިޚާބުވީ 2015 ވަނަ އަހަރުއެވެ. އެއަށްފަހު ސިޔާސީ މުހިންމު ރޯލެއް ނެތި ގާނޫނުހަދާ މަޖިލިހުގައި އޭނާ 2 އަހަރު ހޭދަކޮށްފައި ވެއެވެ.

އޭގެފަހުން އިނގިރޭސި ކުރީގެ ބޮޑުވަޒީރު ތެރޭސާ މޭގެ ބޮޑުވަޒީރުކަމުގައި އޭނާއަށް ޖޫނިއަރ މިނިސްޓަރުކަން ދެއްވާފައި ވެއެވެ.

އެހެންނަމަވެސް ސިޔާސީ ގޮތުން މުހިންމު ދައުރެއް އޭނާއަށް ލިބިގެން ދިޔައީ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބޮޑުވަޒީރުކަމުގައި 2019ވަނަ އަހަރު އޭނާއަށް ޗީފް ޓްރެޒަރީ ސެކެޓްރީ ކަމާއި އަދި 2020 ވަނަ އަހަރު ޗާންސެލަރުކަން ދެއްވި ހިސާބުންނެވެ.

އޭނާއަށް އިނގިރޭސި އާންމު ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް ލިބިގެންދިޔައީ، ކޯވިޑް 19ގެ އެންމެ ކުރީކޮޅު، އޭރި މާލީގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ރައްޔިތުންނަށް މާލީގޮތުން އެހީތެރިކަނ ފޯރުކޮށް ދިނުމަށް އޭނާ ކުރިޔަށް ގެންދެވި އިގްތިސާދީ ޕްރޮގްރާމްގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *