ޤާނޫނީ ޚަރަދު ހޯދަން މަންދުން ކުރި ދައުވާ ކާމިޔާބެއް ނުވި

ޤާނޫނީ ޚަރަދު ހޯދަން މަންދުން ކުރި ދައުވާ ކާމިޔާބެއް ނުވި

އެއްބަސްވުން ބާތިލުކޮށް މަންދު ކޮލެޖްގެ އަތުން އެމްއީއެސް ހިންގި އިމާރާތް އަތުލި މައްސަލާގައި، އެކުންފުނީގެ އަތުން ހިނގި ޤާނޫނީ ޚަރަދު ދައުލަތުގެ ކިބައިން ނަގައި ނުދެވޭނެކަމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މަންދު ކޮލެޖް ހިންގުމަށް ކުރީގެ އެމްއީއެސް އަދި މިހާރުގެ ޢިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ދޫކޮށްފައިވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށް އެ ތަން އަތުލާފައެވެ. ސަރުކާރުން އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާއި އެއްގޮތަށް އެތަނުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގަމުން ނާންނަކަމަށް ބުނެއެވެ. އެ އެއްބަސްވުން ބާޠިލުކުރި މައްސަލާގައި ސުޕްރީމްކޯޓުން ވަނީ މަންދު ކޮލެޖުގެ އެއްބަސްވުން ބާޠިލުކޮށްފައިވަނީ ގޯސްކޮށްކަމަށް ބުނެ އެކުންފުންޏަށް ދައުލަތުން ބަދަލު ދޭން ހުކުމްކޮށްފައެވެ.

އެ އެއްބަސްވުން ބާޠިލުކުރި މައްސަލާގައި ވަކީލުންނާއި ޚަބީރުންނަށް އެކުންފުނިން ހޭދަކުރި ޚަރަދު ދައުލަތުގެ ކިބައިން މަންދު ކޮލެޖު ހިންގާ ކުންފުނިން އެދުމުން، ސިވިލް ކޯޓުން ވަނީ ޤާނޫނީ އެ ޚަރަދު ނަގައިދޭން އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތްނަމަވެސް އެ ކުންފުނިން އެ ޚަރަދުކޮށްފައިވާކަން އެނގޭނެ ހެއްކެއް ނެތްކަމަށް ނެތްކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ. އަދި ޚަބީރުންނަށް ކުރި ޚަރަދު ހޯދަން އެކުންފުނިން އެދުނުނަމަވެސް، އެ ފައިސާ ނަގައިދެވޭނެކަމަށް އެއްބަސްވުމުގައި ނެތްކަމަށްވެސް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ. އެހެންކަމުން ވަކީލުންނާއި ޚަބީރުންނަށް ކުރި ޚަރަދުގެ ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ޢަމުރު ނުކުރެވޭނެކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

މަންދުކޮލެޖު ހިންގާ ޢިމާރާތުގެ އެއްބަސްވުން ބާތިލުކޮށް މަންދު ކޮލެޖްގެ އަތުން އެމްއީއެސް ހިންގި އިމާރާތް އަތުލުމުން ލިބުނު ގެއްލުމުގެ ބަދަލުގައި 15 މިލިޔަން ރުފިޔާ އެ ކޮލެޖު ހިންގާ މާލޭހައި ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ދައުލަތުން ކުރި ޙުކުމާއި ގުޅިގެން ދައުލަތުން ވަނީ އެ ފައިސާ އެކުންފުންޏަށް ދައްކާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *