"ޗަކްދާ އެކްސްޕްރެސް" ގައި އަނުޝްކާ ފެންނާނެ ގޮތަކީ މިއީ

"ޗަކްދާ އެކްސްޕްރެސް" ގައި އަނުޝްކާ ފެންނާނެ ގޮތަކީ މިއީ

Author
ފާތިމަތު ނާވީ
25 އޮކްޓޯބަރ 2022 07:50
0

ބަތަލާ އަނުޝްކާ ޝަރުމާގެ ކުރިއަށް އޮތް ފިލްމް "ޗަކްދާ އެކްސްޕްރެސް" ގައި އޭނާ ފެންނަ ގޮތުގަިއ ފޮޓޯތަކެއް ދައްކައިލައިފިއެވެ.

މި ފިލްމަކީ ބަޔޮޕިކެކެވެ. އިންޑިއާގެ ކޮލްކަތާގައި މި ފިލްމްގެ ޝޫޓިންތައް މިހާރު ބާރު ސްޕީޑްގައި ކުރިއަށް ދާއިރު މި ފިލްމުން އަނޫޝްކާ ފެންނާނީ ވަރަށްވެސް ތަފާތު ގޮތަކަށެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

"ޗަކްދާ އެކްސްޕްރެސް" އަކީ އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިޔާ، ޖުލަން ގޯސްވާމީގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ ޖުލަންއަކީ އެ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފައިވާ މީހެކެވެ.

މި ސްޕޯޓްސް ޑްރާމާގެ ޑައިރެކްޓަރަކީ ޕްރޮސިތު ރޯއީއެވެ. ފިލްމު ރިލީޒް ކުރާ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. މި ފިލްމު ކުޅުމުގެ ކުރިން އަނުޝްކާ ވަނީ ކްރިކެޓް ކުޅުމަށް ތަމްރީންތަކެއް ވެސް ހަދައިފައެވެ.

ފާހަގަ ކޮއްލެވޭ ކަމަކީ އޭނާ ޓްރެއިންތައް ހެދީ ފިރިމީހާ އަދި އިނޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓް ކޯލީގެ އިރުޝާދުގެ ދަށުން ކަމެވެ. މި ފިލްމަކީ ނެޓްފްލިކްސް އިން ޕްރިމިއާ ކުރާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

މި ފިލްމަކީ 2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް "ޒީރޯ" އަށް ފަހުގައި އަނުޝްކާ ބޮޑު ސްކްރީނަށް އެނބުރި އަންނަ ފިލްމެވެ. އަދި އޭނާގެ އަލަތު ދަރިފުޅު ލިބުނު ފަހުން ސްކްރީނުން ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމު ވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.