ދުންޔާ ސަރުކާރަށް: ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ވެދުންކުރަން ނިންމި ނިންމުމަކީ ބޮޑު ޚިޔާނާތެއް!

ދުންޔާ ސަރުކާރަށް: ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ވެދުންކުރަން ނިންމި ނިންމުމަކީ ބޮޑު ޚިޔާނާތެއް!

Author
މުޙައްމަދު ޖިމީ
24 އޮކްޓޯބަރ 2022 12:05
0

ފޯޅަވައްސާއި ދިވެހި ރާއްޖެއާ ދެމެދު އޮންނަ ސަރަހައްދުގެ ބައެއް، މޮރިޝަސް އަށް ވެދުން ކުރަން ސަރުކާރުން ނިންމި ނިންމުމަކީ، ގައުމަށް ކުރެވޭ ވަރަށްބޮޑު ހިޔާނާތެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ މައްސަލާގައި ރާއްޖޭން ދޫ ދީ، އެތަނުން ބައެއް ދޫކޮށްލަން ނިންމި ކަމަށް ބުނާ ވާހަކައާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ، ފޯޅަވައްސާއި ދިވެހި ރާއްޖެއާ ދެމެދު އޮންނަ ސަރަހައްދުގެ ބައެއް، މޮރިޝަސް އަށް ވެދުން ކުރަން ސަރުކާރުން ނިންމި ނިންމުމަކީ، ގައުމަށް ކުރެވޭ ވަރަށްބޮޑު ހިޔާނާތެއްކަމަށެވެ. ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ހިމާޔަތް ކުރުމަށް ކުރި ވައުދާ ހުވަޔާ ހިލާފުކަމެއްކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށާއަރާ ސަރައްދުގެ މައްސަލާގައި ރާއްޖޭއިން މޮރީޝަސްއަށް އެތަން ދޫކޮށްލަން ނިންމިކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަކުންނެވެ. އޭގެ ތެރޭގައި ޤާނޫނީ ވަކީލުންނާއި ސިޔާސީ އިސް ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަކާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ގާނޫނާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭން ކަނޑުގެ ސަރަހައްދުގެ އެއްވެސް ބައެއް ދޫނުކުރާނެކަމަށާއި، ރާއްޖޭގެ ނިންމުން ބަދަލު ނުވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި މޮރިޝަސްއަށްވެސް ދޫނުކުރާނެކަމަށް އޭޖީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ރަށީދު ދެކުނު ތިލަ
މިސަރުކާރުގައިވެސް އަދި ސަރުކާރު ކޯލިޝަނުގައި ވެސް ނެއް ތެދައް ވާހަކަ ދައްކާބަޔަކު އޮޅުވާލުމާއި މަކަރު ހުރިހާ ކަމަކައްވެސް ހަދަނީ އެހެން ތާވާނީ ވައްކަމާ ފޭރުމުގެ ރެކޯޑެއްގެ ތެރެއިން ވެރިކަމައް އައިބަޔަކު ހަދާނެ ތެދެއް ނޯންނާނެ އެމީހުންނާއި ބައިއަތު ހިފީވެސް ހަމައެވަރުގެ ބަޔެއް މައުމޫނާއި ބުރުމާ ގާސިމު ކަހަލަ ނުބައި ޚާއި.ުންތަކެއް މިއަދު މިހާލަތައް މިގައުމު ވައްޓާލީ ހަމަ ފައިސާޔާއި މުދަލުގެ ދަހިވެތިކަމުގައި