މަސްހިފަން ފޭބި ޒުވާނާ ފެނިއްޖެ، ހާލު ސީރިއަސް

މަސްހިފަން ފޭބި ޒުވާނާ ފެނިއްޖެ، ހާލު ސީރިއަސް

Author
މުޙައްމަދު ޖިމީ
23 އޮކްޓޯބަރ 2022 01:18
0

އައްޑޫ ސިޓީ ހިތަދޫ ކައިރިން މަސްހިފަން މޫދަށް ފޭބި މީހާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާ ދޭން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ހިތަދޫއަށް ނިސްބަތްވާ ޠަލާލް އަހްމަދެވެ. އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓި ހިތަދޫއިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީއަކުން މަސް ހިފަން ފޭބި 2 މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިފައިވާކަމަށެވެ. އަދި އޭނާ އިތުރު ފަރުވާއަށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ މެނދުރުކުރީ 11:32 ހާއިރުކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.