ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތަށް މިއަަހަރު މިހާތަނަށް %34ގެ ކުރިއެރުމެއް

ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތަށް މިއަަހަރު މިހާތަނަށް %34ގެ ކުރިއެރުމެއް

Author
ހުސެއިން
22 އޮކްޓޯބަރ 2022 07:21
0

ކޯވިޑް19ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިނދަޖެހިފައި އޮތުމަށްފަހު، މިއަހަރު މިހާތަނަށް %34ގެ ކުރިއެރުމެއް މިސިނާއަތަށް އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާފައިވާ ގޮތުގައި، ފާއިތުވެދިޔަމަހު ފަތުތުވެރިކަން %2 ދަށަށް ދިޔަނަމަވެސް މިމަހު ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތަށްވަނީ %6.2 ގެ ކުރިއެރުމެއް ލިބިފައެވެ.

ފާއިތުވެދިޔަ މަސްތަކެކޭ އެއްފަދައިން މިމަހުވެސް މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރަޝިޔާއިން ޒިޔާރަތް ކޮށްފައިވާއިރު، ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިޖް ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިިވިލާތުންނެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ޖުމްލަ އެނދުގެ އަދަދަށްވެސް ވަނީ ކުރިއެރުން އައިސްފައެވެ. މިގޮތުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މި ސިނާއަތުގައި އިތުރު 210 އެނދުވަނީ އޮޕަރޭޝަނަށް އައިސްފައެވެ. މި ކުރިއެރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ބޭނުންކުރަމުންދާ އެނދުގެ އަދަދުވަނީ 5،8671 އަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނިއްކޮ ލަންކާ
ނަމަވެސް ޑޮލަރުގެ އަގު ވެސް ދިޔައީ %6 މައްޗަށް؟