ބޮޑުތިލަދުން މައްތީގެ ޓުވަރުޒަމް ފުޅާވެ ކުރިއަށް ގެންދިއުމަށް ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްވާރުލުން ދިނުމުގައި އަދިވެސް މެހެމާންދާރީ އާ ކެތްތެރިކަމާއި އެކު މިތިބީ އިންތިޒާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މެމްބަރު ރާއީ މިހެން ވިދާޅުވީ ހދ. ގެ ރަށްތަަކަށް ޓުވަރިޒަމް މިނިސްޓަރ ޑރ.މައުސޫމް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ނެއްލައިދޫއަށް ވަޑައިގެންނެވުމުން އެރަށުން އެއަތޮޅު ފަތުރުވެރިކަމަށް ބޭނުންވާ މިންވަރާއި، ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާތަށް ފާޑުކިޔައި، މިނިސްޓަރަށް ކިޔާފައިވާ މަރުހަބާއާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައެވެ.
މެމްބަރު ރާއީ ވިދާޅުވީ މަކުނުދޫ ދާއިރާގެ ތިން ރަށުން ހދ. ގެ ރަށްތަަކަށް ޓުވަރިޒަމް މިނިސްޓަރ ޑރ.މައުސޫމާއި ޓުވަރިޒަމް މިނިސްޓްރީގެ ޓީމު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ކައުންސިލް ތަކުންނާއި އަދި ލޮބުވެތި ރައްޔިތުން ދެއްވި އެއްބާރުލުމަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާކަމަށެވެ.
މަކުނުދޫ ދާއިރާގެ ތިން ރަށުގެ ލޮބުވެތި ރައްޔިތުން އަބަދުވެސް އެދެމުންދަނީ އެރަށްތަކާއި މުޅި ހދ. އަށް ފަތުރުވެރިކަން ފުޅާވުން ކަމަށާއި، އެކަން ކަމުގައި ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން މަކުނުދޫ ދާއިރާގެ ތިން ރަށުގެ ކައުންސިލްތަކުންނާއި ލޮބުވެތި ރައްޔިތުންނާއި އަދި މެމްބަރުގެ ހައިސިއްޔަތުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދިނުމުގައި ދެމި ހުންނާނެކަމަށް ރާއީ ވިދާޅުވިއެ.
ހދ.ގައި ފަތުރުވެރިކަން ފުޅާވެގެން ދިއުމަކީ އަޅުގަނޑާއި ދާޢިރާގެ ތިންރަށުގެ އިތުރުން މުޅި އަތޮޅުގެ ލޮބުވެތި ރައްޔިތުން އަބަދުވެސް އެދިއެދި ތިބި އަދި ކުލަ ނުޖެހިފައިވާ އެއްމެ ދުވަސްވީ ހުވަފެނެވެ. އަދިވެސް މެހެމާންދާރީ އާ ކެތްތެރިކަމާއި އެކު މިތިބީ އިންތިޒާރުގައެވެ.
– މެމްބަރު ރާއީ ވިދާޅުވިއެވެ.
ހދގައި ފަތުރުވެރިކަން ފުޅާވެގެްން ދިއުމަކީ އަޅުގަނޑާއި ދާޢިރާގެ ތިންރަށުގެ އިތުރުން މުޅި އަތޮޅުގެ ލޮބުވެތި ރައްޔިތުން އަބަދުވެސް އެދިއެދި ތިބި އަދި ކުލަ ނުޖެހިފައިވާ އެއްމެ ދުވަސްވީ ހުވަފެނެވެ،އަދިވެސް މެހެމާންދާރީ އާ ކެތްތެރިކަމާއި އެކު މިތިބީ އިންތިޒާރުގައެވެ.@Mausoom_Maus pic.twitter.com/td142RxGh5
— Mohamed Raee / Makunudhoo Constituency (@Mraee12) October 21, 2022
މީގެ ކުރިން ސަރުކާރުތަކުން ހދ. އަތޮޅުގައި ޓުއަރިޒަމް ތަރައްގީކުރަން ހުށަހެޅި ހިޔާލުތައް އަދިވެސް "ހިޔާލީފޮލާތަކެއް" ގޮތުގައި އޮތުމުން، އެއިން ބައެއް ހިޔާލުތައް ވެސް ނެއްލައިދޫ ތަމްސީލް ކުޅުމުގައި މިނިސްޓަރ އެރަށަށް ވަޑައިގަތުމުން ދައްކުވައިދިނެވެ. އެ ގޮތުން ވައިކަރަމުރައިދޫގެ ޑައިވިން ސެންޓަރާއި، ހދ. އަތޮޅުގެ އެކި ރަށްރަށުގައި ވޯޓާ ސްޕޯޓްސް ހަރަކާތްތަކާއި، އަތޮޅުގެ ރަށްތަކުގައި ހުރި ރީތި ކުޅިތަކުގައި ކެނޯ ދުއްވުމާއި، އެ ހަރަކާތްތަކުން ޖީބަށް ޑޮލަރު ވަންނަ މަންޒަރުތައް މިނިސްޓަރަށް ދައްކުވައިދިނެވެ.
މި ސަރުކާރުގައި ވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމާއެކު 8،000 އެނދު މި ސަރަހައްދަށް ގެނެވޭނެ ކަމަށް ވިދާޅުވެފައެވެ.